އިންޑިއާއިން ރާއްޖެއަށް އެކްސްޕޯޓްކުރާ ޒަރޫރީ އެކި ބާވަތްތަކުގެ ތަކެއްޗަށް މިހާރު ކަނޑައަޅާފައިވާ ކޯޓާ އިތުރުކޮށްދިނުމަށް އެ ގައުމުން ނިންމައިފި އެވެ.
އިންޑިއާގެ ކޮމާސް އެންޑް އިންޑަސްޓްރީ އާ ހަވާލާދީ ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ބުނީ މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ ދިވެހި ސަރުކާރުގެ އެދުމުގެ މަތިން އެ ގައުމުން ރާއްޖެއަށް އެކްސްޕޯޓް ކުރަމުން އަންނަ ޒަރޫރީ އެކި ބާވަތްތަކުގެ މުދަލަށް ހާއްސަ އިނާޔަތްތަކެއް ދިނުމަށް އިންޑިއާ ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
ކޯޓާ އިތުރުކުރި ބާވަތްތައް:
- ބިސް
- އަލުވި
- ފިޔާ
- ހަނޑޫ
- ފުށް
- ހަކުރު
- މުގު
ދެ ގައުމުގެ ދެމެދުގައި އޮންނަ ހާއްސަ ގުޅުމުގެ ތެރެއިން މި އަހަރާއި އަންނަ އަހަރަށް ކަނޑައެޅިފައިވާ ކޯޓާގެ އަދަދު އިތުރުކުރެވިފައިވާ ކަމަށެވެ. އެގޮތުން މިއީ 1981 ވަނަ އަހަރުން ފެށިގެން އަމަލުކުރެވެމުން އަންނަ އެއްބަސްވުމުގެ ދަށުން ކޯޓާގެ އަދަދު އެންމެ ބޮޑަށް އިތުރުކުރެވުނު ފަހަރު ކަމުގައި ފާހަގަކުރި އެވެ.
އިންޑިއާގެ ކޮމާސް އެންޑް އިންޑަސްޓްރީން ހާމަކުރި ގޮތުގައި އެ ގައުމުން ރާއްޖެއަށް އެކްސްޕޯޓުކުރާ ބިސް، އަލުވި، ފިޔާގެ އިތުރުން ކާޑުގެ ބާވަތްތައް ކަމަށްވާ ހަކުރު، ހަނޑޫ އަދި ފުށަށް ކަނޑައަޅާފައިވާ ކޯޓާއިން ފަސް އިންސައްތަ އިތުރުކޮށްފައިވާ ކަމުގަ އެވެ. އޭގެ އިތުރުުން މުގަށް ކަނޑައަޅާފައިވާ ކޯޓާ 56 އިންސައްތައިން އިތުރުކޮށްފައިވާކަން ފާހަގަކުރި އެވެ.

