އިންސްޓަގްރާމުން ވީޑިއޯ އެޑިޓްކުރުމަށް "އެޑިޓްސް" ނަމުގައި އާ އެޕެއް ނެރެފިއެވެ. މި އެޕް މެދުވެރިކޮށް ފޯނުން ވީޑިއޯ އެޑިޓްކުރުން ފަސޭހަވާނެއެވެ. މިއީ ކޮންޓެންޓް ކްރިއޭޓަރުންނަށް ވަރަށް ބޮޑު ފަސޭހައެއް ވެގެންދާނެ އެޕެކެވެ.

މި އެޕްގައި ޕްރޮފެޝަނަލް ފެންވަރުގެ އެޑިޓިން ފީޗާތައް ހިމެނެއެވެ. މީގެ ތެރޭގައި ކްލިޕް ލެވެލްގައި އެޑިޓްކުރުމާއި، ގްރީން ސްކްރީން އަދި ޓްރާންސިޝަން ފަދަ އިފެކްޓްތައް އެޅުން ހިމެނެއެވެ. އަދި އިންސްޓަގްރާމް އަދި ފޭސްބުކަށް ސީދާ ޝެއާ ކުރެވޭނެއެވެ.

އެޕްގެ އިތުރު ފީޗާތަކުގެ ތެރޭގައި:-

– ވީޑިއޯގެ ވޮލިއުމް، ސްޕީޑް އަދި ކަލަރ އެޑްޖަސްޓްކުރެވުން

– އަޑު އެޑިޓްކުރެވުން (ހީލިއަމް، ލޯ އިންޓަރކޮމް، ޑްރީމީ އެކޯ ފަދަ އިފެކްޓްތައް އެޅުން)

– މެޓާ އޭއައި މެދުވެރިކޮށް އޮބްޖެކްޓްތައް ކަޓްއައުޓްކުރެވުން

– އެޕް މެދުވެރިކޮށް ސީދާ ވީޑިއޯ ރެކޯޑްކުރެވުން

– އިންސްޓަގްރާމުގެ ފިލްޓަރތައް ބޭނުންކުރެވުން (ނިއު ޔޯކް، ލޮސް އެންޖެލެސް، ޖައިޕޫރު، މެލްބޯން ފަދަ)

މީގެ އިތުރުން، މި އެޕް މެދުވެރިކޮށް އިންސްޓަގްރާމް އެކައުންޓުގެ އިންސައިޓްސް ވެސް ބެލޭނެއެވެ. މީގެ ތެރޭގައި ރީޗް، ރީލްސް ވިއުސް، ފޮލޯވަރުން، ލައިކްސް އަދި ކޮމެންޓްސް ފަދަ މައުލޫމާތު ހިމެނެއެވެ.

މި އެޕް މިހާރު ވަނީ ގޫގުލް ޕްލޭ ސްޓޯރ އަދި އެޕަލް އެޕް ސްޓޯރގައި ލިބެން ފަށާފައެވެ. މި އެޕް ބޭނުންކުރުމަށް އިންސްޓަގްރާމް އެކައުންޓަކުން ލޮގިންވާން ޖެހެއެވެ. ފޯނުގައި އިންސްޓަގްރާމް އެޕް އިންސްޓޯލްކޮށްފައިވާނަމަ، "ކޮންޓިނިއު ވިތް އިންސްޓަގްރާމް" އޮޕްޝަން ފެންނާނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް