މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އަންނަ އިކްޓޯބަރ މަހުގެ 2 ގައި ގެސްޓްހައުސް ސިމްޕޯޒިއަމް ބާއްވަން ނިންމައިފިއެވެ.
މިދިޔަ އަހަރުން ފެށިގެން އެ ބޭންކުން ކޮންމެ އަހަރަކުވެސް ބާއްވަން ނިންމާފައިވާ ގެސްޓް ހައުސް ސިމްޕޯޒިއަމް މި ފަހަރު ބާއްވަން ހަމަޖެހިފައިނީ އަންނަ އޮކްޓޯބަރު މަހުގެ 2 ގައި ކްރޮސްރޯޑް ގައެވެ.
ކްރޮސްރޯޑްސްގައި ބާއްވާ އެ ސިމްޕޯޒިއަމްއަކީ ގެސްޓުހައުސްގެ އިތުރުން އެ ވިޔަފާރިއާ ގުޅިފައިވާ އެހެން ވިޔަފާރިތަކުން އެއްތަނަކަށް އެއްވެ މަޝްވަރާކޮށް، ދިމާވާ ދަތިތަކަށް އެ ސިނާއަތުގެ ތަޖުރިބާކާރުންގެ ލަފާ ލިބިގެންދާ ގޮތަށް ކުރިއަށްގެންދާ ސިމްޕޯޒިއަމްއެކެވެ.
މި އަހަރުގެ ސިމްޕޯޒިއަމްގައި ގެސްޓުހައުސްގެ އިތުރުން ލިވަބޯޑު ދާއިރާގެ ހިއްސާ ވެސް އިތުރު ކުރުމަށާއި، މިދިޔަ އަހަރުގެ ސިމްޕޯޒިއަމްގައި ބައިވެރިން ދިން ހިޔާލުތަކުގެ މައްޗަށް ބަލައި ބަދަލުތައް ފެނިގެންދާނެ ކަމަށް އެ ބޭންކުން ބުނެއެވެ.
މިދިޔަ އަހަރު އެމްއައިބީން ބޭއްވި ގެސްޓްހައުސް ސިމްޕޯޒިއަމްގައި 150 އަށްވުރެ ގިނަ ފަރާތުން ވަނީ ބައިވެރިވެފައެވެ.

