މޯލްޑިވްސް އިސްލާމިކް ބޭންކުގެ އާޓިފިޝަލް ބީޗް ކުރިމަތީގައި ހުންނަ ބްރާންޗު ރީޓެއިލް ކަސްޓަމަރުނަށް ހާއްސަ ކޮށްފި އެވެ.
އެ ބޭންކުން ބުނެފައިވަނީ ބުނީ ރީޓެއިލް ކަސްޓަމަރުންނަށް ހާއްސަ އެ ބްރާންޗު ހާއްސަކުރުމުން ހިދުމަތް ދޭނީ ހެނދުނު 8:30 އިން ހަވީރު 4:00 އަށް ކަމަށާއި، ކޭޝް ކާޑާއި އަނގޮއްޓި އާއި ޓެގު ދޫކުރަން ހަމަޖެހިފައިވަނީ ހެނދުނު 10:00 އިން ހަވީރު 6:00 އަށް އެ ބްރާންޗުގެ ގްރައުންޑް ފްލޯއިންން ކަމަށެވެ.
މީގެ އިތުރުން ރީޓެއިލް ބްރާންޗް މެދުވެރިކޮށް، އަމިއްލަ ފަރުދުންގެ އެކައުންޓް ހުޅުވުމާއި، ފައިސާ ޖަމާކުރުމާއި ފައިސާ ނެގުމާއި،، ޗެކު ފޮތް ނެގުން އަދި ބޭންކު ސްޓޭޓްމަންޓް ދޫކުރުންވެސް އެ ބްރާންޗުން ކުރިއަށްގެންދާނެ ކަމަށް އެ ބޭންކުން ބުނެއެފވެ.
ރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ފުލީފްލެޖް އިސްލާމިކް ބޭންކުގެ ހުރިހާ ހިދުމަތެއް ޑިޖިޓަލްކޮށް ދެމުން އައި ނަމަވެސް އެ ބޭންކުން އަންނީ ބްރާންޗުތައް އިތުރުކޮށް، ބޭންކަށް ދާން ބޭނުންވާ ކަސްޓަމަރުންނަށް ވެސް އެކަމަށް މަގު ފަހި ކޮށްދެމުންނެވެ.

