ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ޓީ-ބިލު ވިއްކައިގެން ނެގި 200 މިލިއަން ޑޮލަރުގެ ތެރެއިން 50 މިލިއަން ޑޮލަރު ދެއްކުން ފަސްކޮށް ދީފި އެވެ.

އެސްބީއައި އިން ނަގާފައިވާ 200 މިލިއަން ޑޮލަރުގެ ތެރެއިން މިހާތަނަށް ސަރުކާރުން ވަނީ 50 މިލިއަން ޑޮލަރު އަނބުރާ ދައްކާފައެވެ. އަދި އޭގެތެރެއިން 50 މިލިއަން ޑޮލަރު އިންޑިއާ ސަރުކާރުން ކުރިން ވަނީ މާފުކޮށްދީފައެވެ. އަދި މީގެ ކުރިން ދައްކަން އިން 50 މިލިއަންޑޮލަރުވެސް އިންޑިއާއިން ވަނީ ދެއްކުން ފަސްކޮށްދީފައެވެ.

އިންޑިއާގެ މި ނިންމުމާ ގުޅިގެން ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވަނީ އިންޑިޔާގެ ފޮރިން މިނިސްޓަރު ޑރ. ސުބްރަމާނިޔަމް ޖައިޝަންކަރަށް ޝުކުރު ދަންނަވައި، އެކަމަކީ އިންޑިޔާ އިން ރާއްޖެއަށް ވެދިން މުހިއްމު މާލީ ވަރަށް ބޮޑު ލުއެއް ކަމަށް ވިދާޅުވެފަ އެވެ.

އަދި ބޭނުން ޖެހިފައި އޮތް މިފަަދަ ދަނޑިވަޅެއްގަައި އިންޑިއާ އިން ފޯރުކޮށް ދިން މި އެހީތެރިކަމުން ދައްކުވައި ދެނީ ދެ ގައުމުގެ މެދުގައި އޮތް ގާތް ގުޅުން ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *