މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް އާއިޝަތު އަސްނާ ހަމްދީ އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލިހުން ރުހުންދީފި އެވެ.
މަޖިލީހިގެ މިއަދުގެ ޖަލްސާގައި އަސްނާ އެ މަގާމަށް އައްޔަން ކުރަން ފާސްކޮށްފައިވަނީ އޭނާ އެ މަގާމަށް އައްޔަނުކުރަން ފެންނަކަމަށް 73 މެމްބަރަކު ވޯޓް ދެއްވައިގެންނެވެ.
އެސްނާ އެމަގާމަށް އައްޔަނުކުރަން ހަމަޖައްސާފައިވަނީ އެމްއެމްއޭގެ އެ މަގާމުގައި ކުރިން ހުންނެވި އަހުމަދު އިމާދު މާޗް މަހުގެ 17 ގައި އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފައިނޭންޝަލް ސެކްޓާ ޑިވެލޮޕްމެންޓް (އެފްއެސްޑީ) ގެ ހެޑްގެ މަގާމުގައި މިވަގުތު ހުންނެވި އަސްނާ އަކީ ސެންޓްރަލް ބޭންކިން އަދި ފައިނޭންޝަލް ސެކްޓާ ޑިވެލޮޕްމަންޓްގެ ދާއިރާއިން 17 އަހަރު ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ފަރާތެކެވެ.
އަދި އަސްނާ ވަނީ އިސްލާމިކް ފައިނޭންސް ޑިވެލޮޕްމަންޓް، ލައިސެންސިން ފްރޭމްވޯކް ރިފޯމް، ފައިނޭންޝަލް އިންކްލޫޝަން ސްޓްރެޓެޖީ އެކުލަވާލުމާއި ފައިނޭންޝަލް ކޮންޒިއުމާ ޕްރޮޓެކްޝަން ރެގިއުލޭޝަން ކަންކަމުގައި އިސްކޮށް މަސައްކަތް ކުރައްވައިފަ އެވެ.

