ވިޔަފާރީގެ ދާއިރާއަށް ޝައުގުވެރިވާ އަންހެނުންނަށް ޚާއްސަ "ފަށާ މަދަދު" ލޯނުގެ ދެވަނަ ބުރުގެދަށުން ލޯނަށް އެދުމުގެ ފުރުޞަތު މިމަހު ހުޅުވާލަން އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން، (އެސްޑީއެފްސީ) އިން ނިންމައިފިއެވެ.

މިމަހުގެ 15ވަނަ ދުވަހު ހުޅުވާލުމަށް ހަމަޖެހިފައިވާ މި ލޯނު ސްކީމްއަކީ ވިޔަފާރީގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުމަށް އަންހެނުންނަށް ޚާއްޞަ ކޮށް ތަޢާރަފްކޮށްފައިވާ ލޯނު ސްކީމެކެވެ. އެގޮތުން މި ލޯން ސްކީމް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ 5 ފިޔަވައްސަކަށް ބަހާލައިގެންނެވެ.

ލޯން ސްކީމްގެ ދެވަނަ ފިޔަވަހީގެ ދަށުން ލޯނަށް އެދޭ ފަރާތްތަކުގެ އެޕްލިކޭޝަން މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ބަލައިގަންނަން ފަށާނެކަމަށް އެސްޑީއެފްސީން ބުނެފައިވާއިރު މި ލޯން ސްކީމްއަށް 100 މިލިޔަން ރުފިޔާ ކަނޑައަޅާފައިވާއިރު ކޮންމެ ފިޔަވައްސަކަށް 20 މިލިޔަން ރުފިޔާ ވަނީ ޚާއްސަކޮށްފައެވެ. މީގެ އިތުރުން މި ލޯން ސްކީމްގައި %25 ޚާއްސަ ކޮށްފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށެވެ.

މި ސްކީމުގެ ދަށުން އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށް 100،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ ޢަދަދަކަށް ލޯނު ދިނުމަށް ވަނީ ހަމަޖެހިފައެވެ. ލޯނަށް ގިނަވެގެން 12 މަސްދުވަހުގެ ގްރޭސް މުއްދަތެއް ލިބޭއިރު ލޯނުގެ އިބންޓަރެސްޓް ރޭޓަކަށް ކަނޑައަޅާފައިވަނީ %6 އެވެ. އަދި ލޯނު 7 އަހަރު ދުވަހަަށް ބަހާލައިގެން ދެއްކޭނެ އިންތިޒާމު ވެސް ހަމަޖެހިފައިވެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *