މިއަހަރުގެ ފުރަތަމަ 5 މަސް ނިމުނުއިރު، ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް 217 މިލިއަން ޑޮލަރަށް އަރައިފި އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މޭ މަހު ނިމުނުއިރު ބޭނުންކުރެވޭ ރިޒާވް ވަނީ އެޕްރީލް މަހާ އަޅާބަލާއިރު 46.58 މިލިއަން ޑޮލަރު އިތުރުވެފަ އެވެ. އެޕްރީލް މަހު 171.3 މިލިއަން ޑޮލަރުގައި ހުރި ބޭނުންކުރެވޭ ރިޒާވް، މޭ މަހުގެ ނިޔަލަށް 217.88 މިލިއަން ޑޮލަރަށް ވަނީ އިތުރުވެފަ އެވެ.

ބޭނުން ކުރެވޭ ރިޒާވް އިތުރުވިނަމަވެސް، އެޕްރީލް މަހާ އަޅާބަލާއިރު ރަސްމީ ރިޒާވަށް 5 އިންސައްތައިގެ ދަށްވުމެއް އައިސްފައިވެ އެވެ. އެޕްރީލް މަހު 865.34 މިލިއަން ޑޮލަރުގައި ހުރި ރަސްމީ ރިޒާވް، މޭ މަހުގެ ނިޔަލަށް ވަނީ 815.82 މިލިއަން ޑޮލަރަށް ދަށްވެފައެވެ.

ރާއްޖޭގެ ރިޒާވްތައް އިތުރުކުރުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު ސަރުކާރުން ވަނީ ފަތުރުވެރިކަމުގެ ސިނާޢަތުން ލިބޭ ބޭރުފައިސާގެ ވަކި އިންސައްތައެއް ބޭންކުތަކަށް މާރުކުރުން ލާޒިމުކޮށް ގާނޫނެއްވެސް ހަދާފަ އެވެ. އަދި ބޭންކްތަކަށް މާރު ކުރާ ބޭރު ފައިސާގެ 90 އިންސައްތަ އެމްއެމްއޭއަށް ވިއްކަން ޖެހޭގޮތަށް ގަވައިދެއްވެސް ހަދާފައިވެ އެވެ. މީގެ ސަބަބުން ބޭރު ފައިސާގެ ތާށިކަމަށް ހައްލެއް ލިބިގެންދާނެކަމަށް ސަރުކާރުން ބުނެ އެވެ.

ރާއްޖޭގެ ބޭނުން ކުރެވޭ ރިޒާވް އިތުރުވެފައިވާކަމަށް އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދެއްކިފަހުން އިންޑިއާގެ ހައިކޮމިޝަނުން ވަނީ އެކްސްގައި ޕޯސްޓެއްކޮށްފަ އެވެ. މި ޕޯސްޓުގައި ބުނެފައިވަނީ ރާއްޖޭގެ ރިޒާވް ރަނގަޅުވުމުގެ މައިގަނޑު އަސްލަކީ 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އާ ދެމެދު ކުރެވުނު 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕްގެ ސަބަބުން ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *