ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ އާ ޕެސެންޖަރު ޓާމިނަލަށް ބޭނުންވާ ސާފު ބޯފެން ފޯރުކޮށްދޭ ފެންހޮޅި އިފްތިތާހުކޮށްފި އެވެ.

މި މަޝްރޫއު އިފްތިތާހުކޮށްދެއްވީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝަރީފް މުޙައްމަދެވެ.

އެމްއޭސީއެލްއިން މިކަން ހާމަކޮށްފައިވަނީ މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައެވެ. މި ފެންހޮޅީގެ ދިގުމިނުގައި ފަޅުތެރެއިން 635 މީޓަރު އަދި އެއްގަމުން 1،800 މީޓަރު ހިމެނެއެވެ. މިއީ އާ ޓާމިނަލަށް ބޭނުންވާ ސާފު ބޯފެން އަބަދުވެސް ލިބޭނެ ގޮތް ހެދުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް އެމްއޭސީއެލްއިން ފާހަގަކޮށްފައިވެއެވެ.

މި މަޝްރޫޢު ކާމިޔާބުކަމާއެކު ނިންމުމަށް ކުރި މަސައްކަތަށް އެމްއޭސީއެލްގެ މުވައްޒަފުންނަށް އެ ކުންފުނިން ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި މި މަޝްރޫޢަކީ އާ ޓާމިނަލްގެ މުހިންމު އިންފްރާސްޓްރަކްޗަރގެ ބައެއްކަން ފާހަގަކޮށްފައިވެއެވެ.

އާ ޓާމިނަލަށް ބޭނުންވާ ސާފު ބޯފެން ހޮޅި އިފްތިތާހުކުރުމާއެކު، އެމްއޭސީއެލްއިން ވަނީ އެ ޓާމިނަލް ހުޅުވުމުގެ ކައުންޓްޑައުންވެސް ފަށާފައެވެ. އެގޮތުން، އާ ޓާމިނަލް ހުޅުވުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *