މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއިން މިދިޔަ މަހު 5،940 ކޮންޓެއިނަރު ކްލިއަރކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އޭގެތެރޭގައި ހިމެނެނީ 20 ފޫޓުގެ 2334 ކޮންޓެއިނަރާއި 40 ފޫޓުގެ 1798 ކޮންޓެއިނަރއެވެ. އެމްޕީއެލް ބަނދަރަށް މިދިޔަަމަހު ވަނީ 17 ކޮންވެންޝަނަލް ބޯޓާއި 15 ކޮންޓެއިނަރ ބޯޓު ބަނދަރުކޮށްފައެވެ.
Monthly Statistics for June 2025 📊
Stay tuned as we continue to bring you monthly statistics from #MPLSarahadhu#MaldivesPortsLimited #MPL #PortMV #MPLHidhumathugaa
މާލެ ވިޔަފާރި ބަނދަރުގެ ޖޫން މަހުގެ ތަފާސް ހިސާބުތައް އެމްޕީއެލް ސަރަޙައްދުން#މޯލްޑިވްސްޕޯޓްސްލިމިޓެޑް… pic.twitter.com/fe9b9lmmBO
— Maldives Ports Limited (@Portmv) July 5, 2025
އެމްޕީއެލްއިން ބުނީ މާލެ ވިޔަފާރި ބަނދަރަށް ކްލިއަރކުރި ކާބޯތަކެތީގެ ބާވަތްތަކަށް ބަލާއިރު އެންމެ ގިނައިން ކްލިއަރ ކޮށްފައިވަނީ ބިސް، ފިޔާ، ކަރާ، އަލުވި، ޓޮމާޓޯ، ކަބެޖް، އަލަނާސި، ދޮންކެޔޮ، ބަރަބޯ ފަދަ ބާވަތްތައް ކަމަށެވެ.
މިގޮތުން 53 ޓަނުގެ ބިސް، 35 ޓަނުގެ ފިޔާ، 30 ޓަނުގެ ކަރާ، 20 ޓަނުގެ އަލުވި އަދި 14 ޓަނުގެ ޓޮމާޓޯ ހިމެނެއެވެ. މީގެ އިތުރުން 11 ޓަނުގެ ކެބެޖް، 9 ޓަނުގެ އަލަނާސި، 9 ޓަނުގެ ދޮންކެޔޮ، 3 ޓަނުގެ ބަރަބޯ އަދި 4 ޓަނުގެ އެހެނިހެން ކާބޯތަކެތި ހިމެނޭކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

