އިންޑިއާގެ ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އިން ހަމަޖައްސާދީފައިވާ 30 ބިލިއަން ރުޕީސް (343 މިލިއަން ޑޮލަރު) ގެ ކަރެންސީ ސްވޮޕް ފެސިލިޓީ ވެސް ބޭނުންކުރަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފި އެވެ.

އެމްއެމްއޭ އިން ބުނެފައިވަނީ އިންޑިއާ އެކު ހަދާފައިވާ ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން ހަމަޖައްސާދީފައިވާ 30 ބިލިއަން ރުފީސްގެ ކަރަންސީ ސްވޮޕް ފެސިލިޓީ ބޭނުން ކުރަން ފަށާނީ މި އަހަރުގެ ފަހުކޮޅު ކަމަށާއި، އެކަމާ ގުޅޭ ގޮތުން ވާން ޖެހޭ އިދާރީ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށް ބުނެފައެވެ.

2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ރައީސް ޑރ މުއިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ހަމަޖައްސާދީފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އާ ވަނީ އާ ކޮށްދީފައެވެ. އެގޮތުން ކަރަންސީ ސްވޮޕް މިހާރުވަނީ 2 ފަހަރެއްގެ މަތިން އާކޮށްްދީފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *