މި އަހަރުގެ ޖުލައި މަހު ދައުލަތުގެ 775 މިލިއަން ޑޮލަރަށް (7 އިންސައްތަ) ދަށްވެއްޖެ އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ ހިސާބުތައް ދައްކާ ގޮތުން، މި އަހަރުގެ ޖޫން މަހުގެ ރިޒާވް ހުރީ 832 މިލިއަން ޑޮލުގައެވެ. ނަމަވެސް ޖުލައި މަހު ވަނީ 775 މިލިއަން ޑޮލަރަށް ދަށް ވެފައެވެ. އެހެންކަމުން ޖޫން މަހަށްވުރެ ޖުލައިމަހު ރިޒާވުން ވަނީ57 މިލިއަން ޑޮލަރުގެ މަދު ވެފައެވެ.
ރަސްމީ ރިޒާވްގެ އިތުރުން ޔޫޒަބަލް ރިޒާވްގައި މިދިޔަ މަހު ހުރީ 213 މިލިއަން ޑޮލަރެވެ. އޭގެ ކުރީ މަހު އެ އަދަދު ހުރީ 203 މިލިއަން ޑޮލަރުގަ އެވެ.
ދައުލަތުގެ ދަރަނި އަދާކުރުމަށް މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ރިޒާވުން 213 މިލިއަން ޑޮލަރު (3.3 ބިލިއަން ރުފިޔާ) ބޭނުންކޮށްފައިވާއިރު މމިއަހަރުގެ މިހާތަނަށް މިދިޔަ އަހަރާ އަޅާބަލާއިރު ދަރަނި އަދާކުރުމަށް މި އަހަރު ހޭދަކުރި އަދަދު 60 ޕަސެންޓު ވަނީ އިތުރުވެފައެވެ.

