މިއީވެސް ވިޔަފާރީގެ ތަފާތު ކޮންސެޕްޓެކެވެ. ބައެއް ފަހަރު އަޅުގަނޑުމެންގެ ހިތާމަވެރިވަގުތު ނުވަތަ މާޔޫސްވެފައި ހުންނައިރު، ކުއްލި ސަޕްރައިޒެއްގެ ގޮތުގައި ހަދިޔާއެއް ލިބެން ބޭނުންވެއެވެ. އެއީ ބައެއް މީހުންނަށް ލިބޭ ހިތްހަމަޖެހުމެކެވެ. އަނެއް ބަޔަކަށް ހަދިޔާއެއް ގަންނަން ޖެހިފައި، ނަމަވެސް ގަންނަންވީ ކޮން އެއްޗެއް ކަމާމެދު ޚިޔާލެއް ނުލިބި ގޮތްހުސްވެފައި ހުންނަ ފަހަރު ވެސް އާދެއެވެ. މިދެ ހާލަތަށް ވެސް ހައްލެއް ހުށަހަޅާ ވިޔަފާރިއެއް ނުވަތަ ފިހާރައެއް ކަމަށްވާ "ސަމްތިނގް ސްޓޯރ" އަކީ ވަރަށް ތަފާތު ޚިދުމަތެކެވެ.

"ސަމްތިނގް ސްޓޯރ" އިން 10 ޑޮލަރަށް (ގާތްގަނޑަކަށް 154 ރުފިޔާ) ފޮނުވަނީ ކޯއްޗެއްކަން ނޭގި ، ކޮންމެވެސް އެއްޗެއްގެ ބޮކްސެއް ފޮނުވައިދެއެވެ. މި ތަކެތިމިއީ އަމިއްލަ ބޭނުމަށް ނުވަތަ އެހެން މީހަކަށް ހަދިޔާއެއްގެ ގޮތުގައި ދިނުމަށް ބޭނުންކުރެވޭ ތަކެއްޗެވެ. މިއީ ސަޕްރައިޒަކަށް އެދޭ މީހުންނަށް ވެސް އަދި ހަދިޔާއަކަށް ގަންނަންވީ އެއްޗެއް ނޭނގިފައި ހުންނަ ފަރާތްތަކަށް ވެސް ފަސޭހަ ގޮތެކެވެ.

އެ ފިހާރައިގެ ވެބްސައިޓުގައިވާ ގޮތުން، "ސަމްތިނގް" (ކޮންމެވެސް އެއްޗެއް) ގެ ގޮތުގައި ހިމެނެނީ ވަރަށް ތަފާތު އެއްޗެކެވެ. މިސާލަކަށް، ވަރަށް މަދުން ނޫނީ ނުފެންނަ ފޮތެއް، އާދަޔާ ޚިލާފު ގަޑިއެއް (ރިވާސް ކްލޮކް)، އަގުބޮޑު ޗޮކްލެޓް ފޮށިގަނޑެއް ނުވަތަ މި ނޫން ވެސް އެތައް އެއްޗެކެވެ. މިގޮތުން، ކޮންމެ ފަހަރަކު ވެސް ލިބިގެންދާނީ ތަފާތު އަދި ސަޕްރައިޒެއްގެ ގޮތުގައި އުފާވެރިކަން ގެނެސްދޭނެ އެއްޗެކެވެ.

ނަމަވެސް، އެ ފިހާރައިން ފޮނުވާ ތަކެތީގެ ތެރޭގައި ނުހިމެނޭތަކެތިވެސް ބަޔާންކޮށްފައިވެއެވެ. އެއީ އިޖްތިމާއީ މިންގަނދުތަކާ ހިލާފު ތަކެތި، މަސްތުވާތަކެތި ބޭނުންކޮށްފައިވޭތޯ ބެލުމަށް ހަދާ ޓެސްޓުތަކުން ސަލާމަތްވުމަށް ބޭނުންކުރާ ތަކެތި، ނެތިދިއުމުގެ ބިރު ހީވެފައިވާ ދިރޭ އެއްޗެހި، ރޭޑިއޯއެކްޓިވް މެޓީރިއަލްސް، ހަތިޔާރު، މި ތަކެތި ފޮނުވާނެ ކަމަށް އުންމީދު ނުކުރުމަށް އެ ފިހާރައިން ވަނީ އެދިފައެވެ. މިގޮތުން، އިސްލާމީ ޝަރީޢަތާ ޚިލާފު ނުވަތަ މުޖުތަމަޢަށް ނުރައްކާތެރި އެއްވެސް އެއްޗެއް މި ޚިދުމަތުގެ ދަށުން ލިބިގެނެއް ނުދާނެއެވެ.

"ސަމްތިނގް ސްޓޯރ" އަކީ ހަދިޔާއެއް ހޯދުމުގެ ތަފާތު ތަޖުރިބާއެއް ދިނުމަށް އުފައްދާފައިވާ ވިޔަފާރިއެކެވެ. މިއީ އާންމުކޮށް ހަދިޔާ ގަންނައިރު ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދީ، ކުޑަ އަގެއްގައި ސަޕްރައިޒެއްގެ އުފާވެރިކަން ލިބިގަތުމުގެ ފުރުޞަތު ދޭ ޚިދުމަތެކެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *