ޒަމާނީ ދިރިއުޅުމުގައި ގޭތެރެއަކީ ހަމަޖެހުމާއި އާރާމު ލިބިގަންނަން ބޭނުންވާ ތަނެކެވެ. "ނިވްރާ" އުފެދުމުގެ އަސާސަކީ "ބޯހޯ-ޖަޕަންޑީ" ފަދަ ސާދާ، ހިމޭން ފަރުމާގެ ތަކެތި ހޯދުމަކީ ދިވެހިރާއްޖެއިން އުނދަގޫ ކަމަކަށްވުމެވެ. މިފަދަ ތަކެތި ހޯދުމަށް ގިނަ ފަހަރު ބޭރު ގައުމުތަކުން އެތެރެކުރަން ޖެހުމުން، ދިވެހިރާއްޖެއަށް މިފަދަ ރީތި، ސާދާ އަދި ހަމަޖެހުން ގެނެސްދޭ ގޭތެރެއަށް ބޭނުންވާ ތަކެތި ފޯރުކޮށްދޭނެ ބްރޭންޑެއްގެ ޚިޔާލު އުފެދުނެވެ. އެ ޚިޔާލުގެ ނަތީޖާއަކީ މިއަދު އަޅުގަނޑުމެން ދެކޭ "ނިވްރާ" އެވެ.

"ނިވްރާ" އަކީ ހަމައެކަނި ވިޔަފާރިކުރާ ތަނެއް ނޫނެވެ. އެއީ ހަމަޖެހުމާއި ސާދާކަމާއި، ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް މަޤްޞަދެއް އޮތުމަށް އަހައްމިއްޔަތުކަން ދޭ ލައިފްސްޓައިލް ޑެސްޓިނޭޝަނެކެވެ. "ނިވްރާ" އިން ކޮންމެ އެއްޗެއްވެސް ހޮވަނީ ވަރަށް ފަރުވާތެރިކަމާއެކުއެވެ. އެގޮތުން އެތަކެތީގެ ކޮލިޓީއާއި، ރީތިކަމާއި، ބޭނުންތެރިކަމަށް ބަލައި މަދު އަދަދަކުންނެވެ. މިގޮތަށް ހޮވާ ތަކެތީގެ ސަބަބުން ގޭތެރެއަށް އެއްގޮތްކަމާއި ހަމަޖެހުމާއި، މެޗުވާފަދަ ރީތިކަމެއް ގެނެސްދެއެވެ.

ސާދާ އަދި "ޖަޕަންޑީ-ބޯހޯ" ފަރުމާ

"ނިވްރާ" އިން ބޭނުންކުރާ ސާދާ އަދި "ޖަޕަންޑީ-ބޯހޯ" ފަރުމާއަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއެވެ. މިފަދަ ފަރުމާތަކުގެ ތަކެތި ތަފާތު ބްރޭންޑުތަކުން ހޯދާއިރު، އެ ބްރޭންޑުގެ ފަލްސަފާއާ އެއްގޮތް 3 ބްރޭންޑަކާ "ނިވްރާ" ވަނީ ރަސްމީ ގޮތުން ގުޅިފައެވެ:

  • ލެމަންޑްރޮޕް ފާމް: ހޭންޑްމޭޑް ، ވިހަ މާއްދާ ނުހިމެނޭ މީރު ވަސްއެކުލެވޭ ކެންޑަލްގެ ބާވަތްތަކެވެ. ގޭތެރެއަށް ސާފު، ރައްކާތެރި މީރުވަހެއް ގެނެސްދިނުމަށް ޚާއްޞަވެފައިވާ ތަކެއްޗެވެ.
  • ސޯޕީ : ފަސޭހައިން ބޭނުންކުރެވޭ، ޕްލާސްޓިކް މަދުކޮށްދޭ ، ތިމާވެއްޓާ ރައްޓެހި ޑިޓަރޖަންޓް ޝީޓްތަކެކެވެ. ސާފު ދިރިއުޅުމަކަށް މި ބްރޭންޑުން ވަރަށް ބޮޑަށް ބާރުއަޅައެވެ.
  • ޕޯސަލޭޖް : ޔޫރަޕިއަން ސްޓައިލްގެ ޕްރިމިއަމް ކައްކާ ސާމާނެވެ. މިއީ ވަރުގަދަ އަދި އަބަދަށް ހުންނަ ރީތިކަމެއް ގެނެސްދިނުމަށް ތައްޔާރުކޮށްފައިވާ ތަކެތި ކަމުން، ކެއިންބުއިމުގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށްދެއެވެ.

ހަމަޖެހޭ ޒަމާނީ ގޭގެ އެޕްލަޔަންސްތައް

"ނިވްރާ" އިން މިހާރު ވަނީ ގެއަށް ބޭނުންވާ ބައެއް ކުދި އެޕްލަޔަންސްތައް ވެސް ތައާރަފްކޮށްފައެވެ. މި ތަކެއްޗަކީ މައްޝޫރު "ސްމެގް" އަދި "ރަސަލް ޓޭލަރސް" ފަދަ މަޝްހޫރު ބްރޭންޑުތަކުގެ ސާދާ، ރީތި ފަރުމާގެ އެޕްލަޔަންސްތައްހިމެނެއެވެ. މިތަކެތީގެ ތެރޭގައި:

  • ފެން ކައްކާ ކެޓަލް
  • ކޮފީ މެޝިން
  • ވަޅި ސެޓް
  • ކަޓިންގ ބޯޑު
  • ސްޓީމް އަޔަން

މި ކޮންމެ އެއްޗެއް ހޮވަނީ ހަމައެކަނި އެތަކެތީގެ ފެންވަރަށް ބަލާފައެއް ނޫނެވެ. ނަމަވެސް ގޭތެރޭގެ ހިމޭން، ރީތި މާހައުލަށް އެތަކެތި ފެތޭނެ މިންވަރަށް ވެސް ބަލާފައެވެ. މީގެއިތުރުންވެސް މިއުފެއްދުންތަކުގެ ގިނަ ވައްތަރުތަކެއް ނިވްރާއިން ލިބިގެންދާނެއެވެ.

ޚާއްޞަ އުފެއްދުންތައް

  • ސްމެގް ނައިފް ބްލޮކް ސެޓް : އެކޭޝިޔާ ވުޑާއި، ޕައުޑަރުކޮށްފައިވާ ސްޓީލްގެ މިސެޓަކީ ކައުންޓަރު މަތީގައި ރީތިކަމާއި ފަސޭހަކަން ގެނެސްދޭނެ އެއްޗެކެވެ. މިއީ ތޫނުކަން ދެމިހުންނަ ސްޓެއިންލެސް ސްޓީލް ވަޅިތަކެއްގެ އިތުރުން ހިފާލަން ފަސޭހަ ވަޅިހުންނަ ސެޓެކެވެ. މި ސެޓްގައި ބޭނުންތެރި ހަ ވަޅިއެއް ހިމެނެއެވެ: ތަރުކާރީ، މަލްޓިޕަރޕަސް، މަސް، ސެންޓޮކޫ، ޕާން އަދި ޝެފް ވަޅިހިމެނެއެވެ.
  • ރަސަލް ޓޭލާސް ކޮފީ މެޝިން : ފަސޭހަކަމާއި މީރު ރަހައަށް ޚާއްޞަ މި އެސްޕްރެސޯ މެޝިނަކީ 20 ބާރ ޕަންޕެއްގެ ބާރު ހުންނަ، ކުޑަ 1 ލިޓަރުގެ ޓޭންކެއް ހިމެނޭ މެޝިނެކެވެ. ނެސްޕްރެސޯ އަދި ޑޮލްޗޭ ގަސްޓޯ ކެޕްސޫލްސް ބޭނުންކުރެވޭގޮތަށް ހަދާފައިވާ މި މެޝިނަކީ ގޭގައިވެސް ކެފޭ ކޮލިޓީގެ ކޮފީ ތައްޔާރުކޮށްލުމަށް ރަނގަޅު އެއްޗެކެވެ.

އޮންލައިން ފަސޭހަ ތަޖުރިބާ

"ނިވްރާ" ގެ ވެބްސައިޓުވެސް ފަރުމާކޮށްފައިވަނީ އެތަކެތި ފަދައިން ހަމަޖެހޭ، ރީތި ފަރުމާއަކަށެވެ. ސާފު، ފަސޭހަ ވެބްސައިޓެއްގެ ސަބަބުން ކަސްޓަމަރުންނަށް:

  • "ނިވްރާ" ގެ ހުރިހާ އުފެއްދުންތަކެއް ބަލާލެވޭނެ.
  • ތަފްސީލީ މައުލޫމާތު ބަލާލެވޭނެ.
  • އަގުތައް ބަލާލެވޭނެ.
  • ސީދާ އޯޑަރުކުރެވޭނެ.
  • ގެއަށް ޑެލިވަރީ ލިބިގަނެވޭނެ.
  • ވެބްސައިޓު މެދުވެރިކޮށް ނުވަތަ ވައިބާ މެދުވެރިކޮށް ވަގުތުން ގުޅާލެވޭނެ.

މިހުރިހާ ކަމެއްގައިވެސް ބޮޑަށް އަހައްމިއްޔަތުކަން ދީފައިވަނީ ވިޔަފާރިކުރުމުގެ ތަޖުރިބާ ފަސޭހަ އަދި ޒަމާނީ ގޮތަކަށް ސާފުކޮށް ގެނެސްދިނުމަށެވެ.

މަޤްޞަދެއްގެ މައްޗަށް ބިނާވެފައިވާ ބްރޭންޑެއް

"ނިވްރާ" ތަފާތުކޮށްދޭ އެއްކަމަކީ ކޮންމެ ކަމެއްގައިވެސް ހިމެނޭ މަޤްޞަދެވެ. އެއީ ތަކެތި ހޯދުމުގައި ބަލާ ކަންކަމުން ފެށިގެން، ފަރުމާ އާއި، ކަސްޓަމަރުންނަށް ލިބިދޭ ތަޖުރިބާއާ ހަމައަށެވެ. "ނިވްރާ" އަކީ ރީތި، ސާދާ ދިރިއުޅުމެއް ފަސޭހަކޮށް، ކޮންމެ ގެއަކަށްވެސް ހަމަޖެހުމުގެ އިހުސާސެއް ގެނެސްދިނުމަށް އުފައްދާފައިވާ ބްރޭންޑެކެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *