ކާމިޔާބުވާ ވިޔަފާރިތަކަކީ، ފުރަތަމަ ދުވަހުން ފެށިގެން ހުރިހާ ކަމެއް ފުރިހަމައަށް ހުންނަ ވިޔަފާރިތަކެއް ނޫން!

ވިޔަފާރީގެ ދުނިޔޭގައި، އައު ހިޔާލެއް ޢަމަލީ ގޮތުން ފެށުމުގެ ކުރިން ހުރިހާ ކަމެއް "ފުރިހަމަ ކުރުމަށް" ބޭނުންވުމަކީ، އެތައް ހިޔާލެއް ޙަޤީޤަތަކަށް ނުވެ ގޮސް އޮންނަ އެންމެ އާންމު ހުރަސްތަކުގެ ތެރެއިން އެއް ހުރަހެވެ. ވިޔަފާރީގެ ވެރިންނާއި ލީޑަރުންނަށް ރޭވުންތައް އިތުރަށް ހަރުދަނާކޮށް، ޕްރެޒެންޓޭޝަންތައް ރީތިކޮށް، ބަޖެޓް ބައްޓަންކޮށް، ފުރިހަމަ ވަގުތަކަށް އިންތިޒާރު ކުރުމުގެ ދަޅައަށް ފަސޭހައިން ހެއްލިދެއެވެ. ނަމަވެސް، ޙަޤީޤަތުގައި، ކުންފުނިތައް ކުރިއަރަނީ ފުރިހަމަކަމުން ނޫނެވެ؛ ވިޔަފާރި ކުރިއަރަނީ ޢަމަލުކުރުމުންނެވެ.

ކާމިޔާބު ވިޔަފާރިތަކުން ދެކޭ ޢާންމު އުޞޫލެއް އެބައޮތެވެ: އެއީ ކުޑަކޮށް ފެށުމަށްފަހު ، އަވަހަށް ވިޔަފާރި ރަނގަޅުކުރުމެވެ.

ފުރިހަމަ އުފެއްދުމެއް ނުވަތަ ރޭވުމެއް ތަރައްޤީ ކުރުމަށް އެތައް މަހެއް ހޭދަ ކުރުމުގެ ބަދަލުގައި،  ކުޑަ ޢަމަލީ ވާރޝަންއަކާއެކު ކުރިއަށް ދާށެވެ. އެއަށްފަހު، އެ ތަކެތި ނުވަތަ ޚިދުމަތް ބާޒާރަށް ނެރެ، ފީޑްބެކް ހޯދައި، އެ މަޢުލޫމާތުގެ އަލީގައި ރަނގަޅުކުރާށެވެ. ތިއަރީގެ ރޭވުންތަކަށްވުރެ ބާޒާރުގެ ޙަޤީޤީ ތަޖުރިބާއިން  އަބަދުވެސް ގިނަ ކަންތައްތަކެއް އުނގަންނައިދޭނެއެވެ.

މިގޮތަށް ވިސްނުމުން ކާމިޔާބުވާ ސަބަބުތައް ތިރީގައި މިވަނީ:

  • އަވަސްކަން، ފުރިހަމަކަމަށްވުރެ މުހިންމު: ދިގު ރޭވުންތަކަށްވުރެ ޢަމަލީ ފިޔަވަޅުތަކާއެކު ކުރިއަރަމުންދާނަމަ، އަވަހަށް ކަންކަން ދަސްކޮށް، ބަދަލުތަކާ ގުޅިގެން މަސައްކަތް ކުރުމަށް ފަސޭހަވެއެވެ.
  • ޙަޤީޤީ ފީޑްބެކް އަކީ، ހީކުރާ ހީކުރުންތަކަށްވުރެއް އަގުހުރި އެއްޗެއް: ޙިދުމަތްތައް ނުވަތަ އުފެއްދުންތައް ތަޖުރިބާކޮށް ބޭނުންކުރުމަށްފަހު މެނުވީ، ކަސްޓަމަރުން އެންމެ ބޮޑަށް ބޭނުންވާ އެއްޗެއް ނުވަތަ އެންމެ އަގުހުރި ކަމަކީ ކޮބައިކަން ސާފުކޮށް ނޭގޭނެއެވެ.
  • ފުރިހަމަކަމަކީ ވަރަށް އަގުބޮޑު ކަމެއް: ބޭކާރުވެދާނެ ކަމެއް ރީތިކުރުމަށް ވަގުތާއި، ފައިސާއާއި، ހަކަތަ ބޭކާރުކުރުމަކީ ފުރިހަމަކަމުގެ ދަޅައެވެ.
  • ކުދިކުދި ކާމިޔާބީތަކުން ބޮޑެތި އިތުބާރުތައް ބިނާކުރެވޭ: ކޮންމެ ކުރިއެރުމަކުން ދައްކައިދެނީ،  ކުރިއެރުންތައް ހާސިލުކުރެވޭނެކަމުގެ ޔަޤީންކަމެވެ.

ކާމިޔާބުވާ ވިޔަފާރިތަކަކީ، ފުރަތަމަ ދުވަހުން ފެށިގެން ހުރިހާ ކަމެއް ފުރިހަމައަށް ހުންނަ ވިޔަފާރިތަކެއް ނޫނެވެ. އެއީ، ފަށައިގަންނަ، އުނގެނޭ، ބަދަލުތައްއަންނަ އަދި ނުކުތާތަކުން ޢިބްރަތް ޙާޞިލުކޮށްގެން ކުރިއަރާ ވިޔަފާރިތަކެވެ.

އެހެންކަމުން، ދެން ، ފުރިހަމަ ޑިޒައިންއަކަށް، ފުރިހަމަ ރޭވުމަކަށް ނުވަތަ ފުރިހަމަ ވަގުތަކަށް އިންތިޒާރު ކުރާއިރު، މިކަން ހަނދާންކުރާށެވެ:

  • ކުރެވިފައިވާ ކަމަކީ، ފުރިހަމަ ކަމަށްވުރެ ރަނގަޅު ކަމެކެވެ.
  • ފަށާފައިވާ ކަމަކީ، ރޭވިފައިވާ ކަމަށްވުރެ މާ ރަނގަޅު ކަމެކެވެ.
  • ކުރިއެރުމަކީ، އިންތިޒާރު ކުރުމަށްވުރެ އަބަދުވެސް ރަނގަޅު ކަމެކެވެ.

އަވަހަށް ފަށާ، ކުރިއަށް ދަމުންދަމުން ރަނގަޅުކުރާށެވެ. ޙަޤީޤީ ކުރިއެރުން އަންނަނީ މިގޮތަށެވެ.