ކިރަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކޮންމެ ދުވަހެއްގެ އާދަތަކާއި ގުޅިފައިވާ މުހިންމު އެއްޗެކެވެ. ހެނދުނުގެ ސައި ނުވަތަ ކޮފީން ފެށިގެން، ކުދިންގެ ނާސްތާއަށާއި، ތަފާތު ޑެޒަޓްތަކާއި ސްމޫތީ ތައްޔާރުކުރުމަށް އަދި ހަމައެކަނި ކިރު ތަށީގެ ގޮތުގައި ވެސް މެއެވެ. އާއިލާގެ ކެއިންބުއިމުގައި މިހާ މުހިންމު ދައުރެއް އަދާކުރާ އެއްޗެއް ޚިޔާރުކުރާއިރު، އޭގެ ފެންވަރާއި ރައްކާތެރިކަމަށް ވިސްނުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. މިގޮތުން ޑެވޮންޑޭލް ކިރަކީ ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ މޮޅު އުފެއްދުމެކެވެ.

އިތުބާރު ހިފޭ އޮސްޓްރޭލިއާގެ އުފެއްދުމެއް

އެސްޓީއޯ މެދުވެރިކޮށް ދިވެހި ބާޒާރަށް ފޯރުކޮށްދޭ ޑެވޮންޑޭލް ބްރޭންޑަކީ އޮސްޓްރޭލިއާގެ މަތީ ފެންވަރުގެ ކިރުގެ އުފެއްދުންތައް ގެނެސްދޭ ބްރޭންޑެކެވެ. އޭގެ ތެރޭގައި ފުލް ކްރީމް ކިރުގެ ގުދުރަތީ މީރު ރަހަ ބޭނުންވާ ފަރާތްތަކަށާއި، ލުއި (ލައިޓް) އަދި ގިނަ ދުވަހު ރައްކާކުރެވޭ ލޯންގް ލައިފް ކިރު ފަދަ އާއިލާތަކުގެ ތަފާތު ބޭނުންތަކަށް އެކަށޭނަ ގިނަ ބާވަތްތަކެއް ހިމެނެއެވެ.

ކޮންމެ ތައްޓެއްގައި ފުރިހަމަ ކާނާ

ޑެވޮންޑޭލް ކިރު ޚާއްސަވަނީ ހަމައެކަނި އޭގެ މީރު ރަހައަކުން ނޫނެވެ. ސިއްހަތަށް ފައިދާހުރި މާއްދާތަކުން މުއްސަނދިވެފައިވާ މިންވަރުންނެވެ. އެގޮތުން ޑެވޮންޑޭލް ފުލް ކްރީމް ކިރުގެ 250 މިލިލީޓަރުގެ ތައްޓަކުން 8.8 ގްރާމް ޕްރޮޓީން އަދި 308 މިލިގްރާމް ކެލްސިއަމް ލިއްބައިދެއެވެ. މީގެއިތުރުން ވިޓަމިން ބީ12، އަޔޮޑިން، ރައިބޯފްލެވިން، ޕޮޓޭސިއަމް، މެގްނީޒިއަމް، ޒިންކް އަދި ފޮސްފަރަސް ފަދަ ހަށިގަނޑަށް ބޭނުންތެރި އެތައް މާއްދާއެއް އެކުލެވިގެންވެއެވެ. މިއީ ހެނދުނުގެ ސީރިއަލްއަށް އެޅުމަށާއި، ސްމޫތީއަށާއި ކެއްކުމުގައި ބޭނުންކުރުމަށް އެންމެ ފުރިހަމަ ބާވަތެވެެ.

ފެންވަރުގެ އިތުރުން ތިމާވެއްޓަށް ރައްޓެހި އުފެއްދުމެއް

ޑެވޮންޑޭލް ކިރުގެ ކޮންމެ ފޮއްޓެއްގެ ފަހަތުގައި ތިމާވެއްޓާއި ޖަނަވާރުންނަށް އޮތް އަޅާލުން ފެނިގެންދެއެވެ. ދަނޑުވެރިކަމުގައި ގެންގުޅޭ ދެމެހެއްޓެނިވި ރަނގަޅު އުސޫލުތަކާއި، ކެމިކަލް އަދި ޕެސްޓިސައިޑް ބޭނުންކުރުން މަދުކުރުމާއި، ޖަނަވާރުންގެ ދުޅަހެޔޮކަމަށް ދޭ ސަމާލުކަން އެސްޓީއޯއިން ފާހަގަކުރެއެވެ. އަދި ހަކަތަ އިގްތިސާދުވާ ގޮތަށް އުފެއްދުންތެރިކަން ކުރިއަށް ގެންދިއުމާއި، އަލުން ބޭނުންކުރެވޭ (ރީސައިކަލް ކުރެވޭ) ޕެކެޖިންގ ބޭނުންކުރުމަކީ މި ބްރޭންޑްގެ ޚާއްސަ ސިފައެކެވެ.

ކޮންމެ ދިރިއުޅުމަކަށް ވެސް އެކަށޭނަ ގޮތްތައް

ޑެވޮންޑޭލްގެ އަނެއް ފައިދާއަކީ ތަފާތު އިޚްތިޔާރުތައް ލިބެން ހުރުމެވެ.

  • ފުލް ކްރީމް މިލްކް: ފުރިހަމަ ކްރީމީ ރަހައަށް ލޯބިކުރާ ފަރާތްތަކަށް.
  • ލައިޓް މިލްކް: ފެޓް މަދު (1.3% ފެޓް) އެހެންނަމަވެސް ކެލްސިއަމާއި ޕްރޮޓީން އެކުލެވޭ ލުއި ކިރެއް ބޭނުންވާ ފަރާތްތަކަށް.
  • ފުލް ކްރީމް ލޯންގް ލައިފް މިލްކް: ކަނޑާނުލައި ފިނި އަދި ހިކި ތަނެއްގައި ގިނަ ދުވަހު ބަހައްޓަން ފަސޭހަ ޕެކެޓް.
  • ޑެވޮންޑޭލް ކިރުޕައުޑަރު: ބުއިމަށާއި ކެއްކުމަށް ފަސޭހަ، އެއްވެސް ޕްރިޒަވޭޓިވެއް ނުހިމެނޭ، 1 ކިލޯގެ ޕެކެޓަކުން ގާތްގަނޑަކަށް 7 ލީޓަރުގެ ކިރު ގިރާލެވޭ ބާވަތެއް.

ހުރިހާ ގޮތަކުން ވެސް ޑެވޮންޑޭލް

ކިރު ގަތުމަކީ އާއިލާއަށް ލިބޭ ރަހައާއި، ފައިދާއާއި، ފަސޭހަކަމާއި އަދި އުފެއްދުމަށް އޮންނަ ފުރިހަމަ އިތުބާރެވެ. އޮސްޓްރޭލިއާގެ ސާފު ކިރުގެ ފުރިހަމަކަމާއި ޒިންމާދާރު އުފެއްދުންތެރިކަމާއެކު، ޑެވޮންޑޭލް އަކީ ކޮންމެ ގެއަކަށްވެސް އެންމެ އެކަށޭނަ، ފުރިހަމަ ޚިޔާރެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *