ދިރިއުޅުމުގެ ކޮންމެ ދުވަހަކީވެސް ހިތްހަމަޖެހުމާއި އުފާވެރިކަން ހައްގުވާ ދުވަހެކެވެ. މި އުފާވެރިކަން އިތުރަށް ފުރިހަމަކޮށްދިނުމަށްޓަކައި، ކާތަކެތީގެ ދުނިޔެއިން ލިބޭ އެންމެ ހާއްސަ އެއް އަރާމަކީ ފޮނިމީރު ކާއެއްޗެއްގެ މީރު ރަހަ ތަޖުރިބާކޮށްލުމެވެ. އެގޮތުން، ކެރަމަލް ޕުޑިންގ އަށް ލޯބިކުރާ ފަރާތްތަކަށް "ކެރެމިއާ ކޮކޯ" (Caramea_Coco) އިން މިވަނީ ހިތްގައިމު، ތަފާތު އަދި އެހާމެ މީރު ފޮނި ކާއެއްޗެއް ތައާރަފްކޮށްފައެވެ. އެއީ ދިވެހިރާއްޖޭގައި އުފައްދާ އެންމެ ފުރިހަމަ "ސިގްނޭޗާ ފްލޭން" ކަމަށްވެސް ބުނެވިދާނެއެވެ.

މި ހާއްސަ ޑެޒަޓަކީ ރަހަތައް ފުރިހަމައަށް އެކުލަވާލެވިފައިވާ، ސިލްކީ އަދި ކްރީމީ ރަހައެއް ގެނެސްދޭ މީރު އުފެއްދުމެކެވެ. މީގެ މައިގަނޑު ހާއްސަކަމަކީ އަނގަޔަށް މީރު،  ޗޮކްލެޓް ފަށަލައެއްގެ މައްޗަށް އަޅާފައިވާ ފޮނި، ކެރަމަލް ފްލޭންގެ ފަށަލައެވެ. ޗޮކްލެޓާއި ކެރަމަލްގެ މި ފުރިހަމަ ގުޅުމުގެ ސަބަބުން، ކޮންމެ އެތިކޮޅަކުންވެސް ގެނެސްދެނީ ފޫހިނުވާނެ ފަދަ މީރު ރަހައެކެވެ. ހަމައެކަނި އެންމެ ސަމުސަލަކުން މި ފޮނިމީރުކަން ދޫކޮށްލުމަކީ ދަތި ކަމަކަށް ވާނެކަން ކަށަވަރެވެ.

ކޮންމެ މީހެއްގެ ވެސް ރަހަތައް ތަފާތުވާނެތީ، މި ޑެޒަޓް އިތުރަށް ފުރިހަމަކޮށްލުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދެއެވެ. އެގޮތުން ތާޒާ ސްޓްރޯބެރީ، ޗެރީ ނުވަތަ ތިބާގެ ހިތް އެދޭ ކޮންމެ ޓޮޕިންގްއެއް ވެސް މީގެ މައްޗަށް އިޚްތިޔާރު ކުރުމުގެ ފުރުސަތު އޮވެއެވެ. މިއީ އާއިލާއާއި ރައްޓެހިންނާ ހިއްސާކޮށްލުމަށާއި، ހަދިޔާ ދިނުމަށާއި، އުފަންދުވަހާއި ، ބްރައިޑަލް ޝަވަރ ފަދަ އެކިއެކި ހަފްލާތަކަށް އަދި ވަރުބަލި ދުވަހެއްގެ ނިމުމުގައި އަމިއްލަ ނަފްސަށް ދެވޭ ހާއްސަ ހަދިޔާއެއްގެ ގޮތުގައި ވެސް ނުހަނު ފުރިހަމަ އެއްޗެކެވެ. މީގެއިތުރުން ކެރެމިއާ ކޮކޯ އިން އެކި ހަފްލާތަކަށް ރަހަމީރު ކޭކް ވެސް ތައްޔާރުކޮށްދެއެވެ.

ލޯތްބާއިއެކު "ކެރެމިއާ ކޮކޯ" އިން ތައްޔާރުކުރާ މި މީރު ސިގްނޭޗާ ފްލޭންގެ ރަހަ ބަލާލަން ބޭނުންފުޅުނަމަ، އިންސްޓަގްރާމް މެދުވެރިކޮށް @caramea_coco އަށް ޑައިރެކްޓް މެސެޖެއް (DM) ކޮށްލައްވައިގެން މިއަދުވެސް އޯޑަރު ކުރެއްވޭނެއެވެ.

https://www.instagram.com/caramea_coco?stkn=eW5rd2xlZGJ5eWMz

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *