ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް، ރާއްޖޭގެ ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކަށް ޚާއްސަކޮށްގެން އަގުހުރި އިނާމަކާއެކު ސޯޝަލް މީޑިއާ ޕްރޮމޯޝަނެއް "ގަވިން" އިން މިއަދު ފަށައިފިއެވެ. މި ޕްރޮމޯޝަނުން އެއްވަނައަށް ހޮވޭ ނަސީބުވެރި ފަރާތަކަށް 75,000 (ހަތްދިހަ ފަސްހާސް) ރުފިޔާގެ އަގުހުރި ފުރިހަމަ ބަދިގެއެއް މުޅިން ހިލޭ ރޯދަމަހަށް ޖަހައިދިނުމަށް ވަނީ ހަމަޖެހިފައެވެ.
ގަވިން އިން މައުލޫމާތު ދިން ގޮތުގައި މިއީ ހުވަފެނީ ރީތި ބަދިގެއެއް ހެދުމުގެ އިންތިޒާރުގައި ތިބި އަތޮޅުތަކުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ބައިވެރިވެވޭ ގޮތަށް ހުޅުވާލި ރަނުގެ ފުރުސަތެކެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން މި ހިނގާ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ހަމައެކަނި ރާއްޖޭގެ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް އެކަނި ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
ޕްރޮމޯޝަނުގައި ބައިވެރިވުމަށް ހަމަޖެހިފައިވާ އުސޫލު:
- ތިމާ ބޭނުންވާ ގޮތަށް ބަދިގެ ޑިޒައިންކުރުމަށްފަހު، މިހާރު ހުރި ބަދިގޭގެ ފޮޓޯއަކާއެކު "ގަވިން" ޓެގްކޮށް އިންސްޓަގްރާމުގައި ޕޯސްޓްކުރުން.
- ގަވިންގެ ރަސްމީ އިންސްޓަގްރާމް އަދި ފޭސްބުކް ޕޭޖް ފޮލޯކުރުން.
- އާއިލާ އަދި ރައްޓެހިންނާ ޕޯސްޓް ހިއްސާކޮށް (ޝެއާކޮށް)، ވީހާވެސް ގިނަ ލައިކްސް ހޯދުން.
ގަވިން އިން ބުނި ގޮތުގައި، ޕޯސްޓްތަކުގެ ތެރެއިން އެންމެ ގިނަ ލައިކް ލިބޭ 10 ޑިޒައިން ހޮވުމަށްފަހު، އާންމުންގެ ވޯޓަށް ހުޅުވާލުމަށްޓަކައި އެ ކުންފުނީގެ އިންސްޓަގްރާމް ސްޓޯރީގައި ޕޯސްޓްކުރެވޭނެއެވެ. އަދި ގަދަ 10 އަކަށް ހޮވޭ ފަރާތްތަކުން ވީހާވެސް ގިނަ ވޯޓު ހޯދުމަށް މަސައްކަތް ކުރުމަށް އެދިފައިވާއިރު، މުޅި މުބާރާތުން އެއްވަނަ ލިބޭނީ މި ވޯޓުން އެންމެ ގިނަ އަދަދަކަށް ވޯޓު ކާމިޔާބުކުރާ ފަރާތަކަށެވެ.
މި ޕްރޮމޯޝަނަކީ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ގޭތެރެ ޒީނަތްތެރިކޮށް، އާ ބަދިގެއެއް ހަދަން ބޭނުންވެފައި ތިބި ގިނަ ބަޔަކަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެއް ކަމަށް ގަވިން އިން ފާހަގަކުރެއެވެ. އަދި ރަށްރަށުން ގިނަ އަދަދެއްގެ އާންމުން މި ޕްރޮމޯޝަނުގައި ބައިވެރިވާނެ ކަމަށް އުންމީދުކުރާ ކަމަށް ވެސް އެ ފަރާތުން ބުންޏެވެ.

