ރާއްޖޭގައި ވިއްކާ ކުޑަކުދިންނަށް ދޭ ޕެރަސެޓްމޯލް އެއް ވިއްކުން މަނާކޮށްފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ނެރުނު އެލާޓެއްގައި ބުނެފައިވަނީ ރާއްޖޭގެ މާކެޓްގައި މިވަގުތު ހުރި ޕެރެސެޓްމޯލްގައި ކޮލިޓީ މައްސަލަތަކެއް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެގޮތުން އެބޭހުގައި ކުލަ ބަދަލުވެ ގަނޑުވެފައި ހުންނަކަން އެމްއެފްޑީއޭ އިން ފާހަގަކުރެވޭ ކަމަށް އެ އޮތޯރިޓީ އިން ބުނެފައިވެއެވެ. އެމްއެފްޑީއޭ އިން ބުނީ ބޭހުގައި ހުރި މައްސަލަތަކާ ގުޅިގެން ބަލަންޖެހޭ ކަންކަން އިތުރަށް ބަލަމުންދާތީ މިބޭސް ރާއްޖެ އެތެރެކުރުމާއި، ވިއްކުމާ އަދި ބޭނުންކުރުން މިހާރު ވަނީ މަނާކުރެވިފައި ކަމަށެވެ.ރާއްޖޭގައި ވިއްކުން މަނާކޮށްފައިވާ ޕެރެސެޓްމޯލް އަކީ އިންޑިއާގެ ކުންފުންޏަކުން އުފައްދާ ބޭހެކެވެ.މިބޭހަކީ އާންމު ގޮތެއްގައި ކުޑަކުދިންނަށް ދިމާވާ ސިއްހީ ބައެއް މައްސަލަތަކުގައި ތަދުކަނޑުވަން ދޭ ބޭހެކެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *