ޗައިނާގެ ޒިންޖިޔާން ޕްރޮވިންސްގެ ކުންފުންޏެއްކަމަށްވާ ޔަންގްކަންގ ޕަވަރޓެކް އިމްޕޯރޓް އެންޑް އެކްސްޕޯރޓްގެ ކޯޕަރޭޝަން ލިމިޓަޑުން އުފައްދާ އެމްޕީޓީ ބްރޭންޑްގެ ޓޫލްސް ދިވެހިރާއްޖޭގެ އެކްސްކުލޫސިވް އެޖެންޓެއްގެ ގޮތުގައި ހަރަކާތްތެރިވަނީ ބެސްޓް ބަޑީއެވެ.
އެމްޕީޓީ ( މޯސްޓް ޕްރޮފެޝަނަލް ޓޫލްސް ) އަކީ ދުނިޔޭގެ ގިނަ ޤައުމުތަކެއްގައި ކަސްޓަމަރުންގެ މަޤުބޫލުކަން ހޯދަމުން އަންނަ ކޮލިޓީ ރަނގަޅު މަޝްހޫރު ބްރޭންޑެކެވެ. މި ކުންފުނިން އުފައްދައި ޓޫލްސްތަކުގެ ތެރޭގައި ތެދުއިވަޑާމާއި ކިއްސަރުވަޑާމުގައި އާއްމުކޮށް ބޭނުންކުރާ ހުރިހާ ޓޫލްސްތަކުގެ އިތުރުން ޕަވަރ ޓޫލްސް، ބެންޗް ޓޫލްސް، އެއަރ ޓޫލްސް، އިންވާޓަރ ވެލްޑިންގް މެޝިންސް އަދި ހޭންޑް ޓޫލްސް އަދި ތަފާތު ގިނަ ވައްތަރުގެ ޓޫލްސްތައް ހިމެނެއެވެ.
އޮސްޓްރޭލިއާ، މެލޭޝިއާ، ދުބާއީ އަދި ޑެންމާކުގެ އިތުރުން ދުނިޔޭގެ 80 އަށްވުރެ ގިނަ ޤައުމުގައި މިހާރުވެސް އެމްޕީޓީގެ އެކްސް ކުލޫސިވް އޭޖެންޓުން ތިބޭއިރު ރާއްޖޭގައި މި ބްރޭންޑްގެ ޓޫލްސްވިއްކުމަށް އެޖެންޓްކަން ދީފައިވަނީ ހަމައެކަނި ބެސްޓްބަޑީއަށެވެ.
މިކަމާ ބެހޭ މައުލޫމާތު މިނޫހަށް ދެއްވަމުން ބެސްޓްބަޑީގެ އޯނަރ އިބްރާހިމް ރަޝީދު ވިދާޅުވީ، އެމްޕީޓީ ބްރޭންޑްގެ ޓޫލްސް ރާއްޖެއަށް ތައާރަފްކުރުމުގެ ގޮތުން ފާއިތުވި 6 މަސްދުވަހު އެ ބްރޭންޑްގެ ތަފާތު އައިޓަމްތައް ރާއްޖެ އެތެރެކޮށް ބާޒާރަށްނެރެފައިވާނެ ކަމަށާއި، އަދި ކަސްޓަމަރުންގެ ފީޑްބެކަށް ބެލުމަށްފަހު ކޮލިޓީ ރަނގަޅު ބްރޭންޑެއް ކަމަށް ކަސްޓަމަރުންގެ ފަރާތުން ކޮމެންޓް ލިބިފައިވާ ކަމަށެވެ. ވަރަށް ގިނަ ކަސްޓަމަރުން އެމްޕީޓީ ބްރޭންޑްގެ ޓޫލުސްގެ އަޖުމަ ބެލުމަށްފަހު އެ ބުރޭންޑްގެ ޓޫލުސް ބައްލަވައިގަތުމަށް ޝައުޤުވެރިކަން ފާޅުކޮށް އޯޑަރ ކުރައްވަމުންދާކަން ރަޝީދު ފާހަގަކުރެއްވިއެވެ.
ބެސްޓް ބަޑީއަކީ ބެޓެރީ ވެހިކަލް ވިޔަފާރީގައި ރާއްޖޭގައި މަޝްހޫރުބައެކެވެ. ބެސްޓްބަޑީއިން ބުނީ، އެމްޕީޓީގެ ޕްރޮޑަކްޓްތައް ހޯލްސޭލްކުރަން ބޭނުންވާ ފަރާތްތަކަށް ބޮޑު ޑިސްކައުންޓް ލިބިގެންދާނެ ކަމަށާއި މި ޕްރޮޑަކްޓް މާލެއިން ލިބެން ހުންނާނީ ބެސްޓްބަޑީ 2 އަދި ކުޅުދުއްފުށިން ލިބެން ހުންނާނީ ބެސްޓް ސާރކަލް އިންކަމަށެވެ. 9963915 އަށް ގުޅާލުމުން މި ޕްރޮޑަކްޓާއިގުޅޭ އިތުމައުލޫމާތު ލިބިގެންދާނެއެވެ.

