ހުޅުމާލޭ މަގުތަކުގެ ޕޭމަންޓްމަތީގައި ހުއްދަނެތި ގޮނޑި މޭޒު ޖަހައިގެން ވިޔަފާރިކުރާ ތަންތަނުން އެތަކެތި ނެގުމަށް، އަރބަންކޯއިން އަންގައިފިއެވެ.

އަރބަަންކޯއިން ބުނީ ޕޭވްމަންޓާއި ހެޖުތެރޭގައި ކެފޭ، ރެސްޓޯރެންޓު އަދި ޖޫގޯ ޕޮއިންޓްތަކުން ގަވައިދާ ހިލާފަށް ގޮނޑި އާއި މޭޒު ބަހައްޓައިގެން ވިޔަފާރި އުސޫލުން ޚިދުމަތްދެމުން ގެންދާކަން ފާހަގަ ވެފައިވާކަމަށެވެ.

އެހެންކަމުން މިގޮތަށް ޤަވައިދާ ޚިލާފަށް ޕޭމަންޓް މަތީގައި ގޮނޑި ޖަހައިގެން ވިޔަފާރިކުރަމުންދާ ފަރާތްތަކުން މިމަހުގެ 20 ވަނަ ދުވަހުގެ ކުރިން ވިޔަފާރި އުޞޫލުން ބޭނުންކުރުމަށް ބަހައްޓާފައިވާ ގޮނޑި މޭޒުތައް ނެގުމަށް އަތބަންކޯއިން ބުނެފައިވެއެވެ.

އަރބަންކޯއިން ދީފައިވާ މުއްދަތުގައި އެތަކެތި ނުނަގައިފިނަމަ އަރބަންކޯއިން އެތަކެތި ނަގައި އެސަރަޙައްދު ސާފުކުރުމުގެ މަސައްކަތް ކުރާނެކަމަށްވެސް އަރބަންކޯ އިން ވަނީ ބުނެފައެވެ. އަދި ސާފުކުރުމުގެ ތެރޭގައި އެއްވެސް މުދަލަކަށް ލިބޭ ގެއްލުމަކަށް ޒިންމާ ނުނަގާނެކަމަށްވެސް ވަނީ ބުނެފައެވެ.

މީގެއިތުރުންވެސް ހުޅުމާލެ ފޭސް 2 ހިޔާ ފްލެޓް 12 ކައިރި ބީޗް ސަރަޙައްދައްވާގޮތަށް އޮންނަ ހުސްބިމުގައި ހަދާފައިވާ ހަޓުތަކާއި ތަކެތިވެސް 25 ނޮވެމްބަރ ގެ ކުރިން ނެގުމަށް އަރބަންކޯއިން ވަނީ ބުނެފައެވެ. އަދި މި މުއްދަތުގައި މި ތަކެތި ނުނަގައިފިނަމަ އެ ސަރަހައްދުވެސް ސާފުކުރާނެކަމަށް އަރބަންކޯ އިން ވަނީ ބުނެފައެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *