މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީޒް އިން އިންތިޒާމްކޮށްގެން ބާއްވާ ބިލްޑް އެކްސްޕޯ 2025 ހުޅުވައިފިއެވެ.

ހުޅުމާލެ ސެންޓަރަލް ޕާކްގައި ކުރިއަށްދާ މި އެކްސްޕޯ ހުޅުވައިދެއްވީ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދުއެވެ.

އިމާރާތްކުރުމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ ޚިދުމަތްތަކާއި ޕްރޮޑަކްޓްތަކުގެ މައުލޫމާތު އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށްޓަކައި ބާއްވާ ކުރިއަށްގެންދާ މި އެކްސްޕޯފގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ 60 އެގްޒިބިޓަރުން ބައިވެރިވެއެވެ. އޭގެތެރޭގައި އިންޑިއާ، ލަންކާ ތައިލޭންޑް އަދި ޗައިނާގެ ކުންފުނިތައްވެސް ހިމެނެއެވެ.

އިއްޔެއިން ފެށިގެން 4 ދުވަހަށް ކުރިއަށްދާ މި އެކްސްޕޯ ކޮންމެ ދުވަހަކުވެސް ހަވީރު 4:00އިން 6:00އަށް، އަދި ރޭގަނޑު 8:00އިން 10:00 އަށް ކުރިއަށްދާނެކަމަށް އެކްސްޕޯ އިންތިޒާމްކުރާ ފަރާތުން މައުލޫމާތުދެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *