ޓެކްސް ނުދައްކާ ވިޔަފާރިތަކުގެ ނަން މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ(މީރާ) އިން ހާމަކޮށްފިއެވެ.
މިރާ އިން ހާމަކުރި މިނަންތައް ހާމަކޮށްފައިވަނީ އެ އޮތޯޜިޓީ އިން ކޮށްފައިވާ ޓްވީޓެއްގައެވެ.
List of non-filers and non-payers of Income Tax for the year 2022 has been published on our website.
To view: https://t.co/D90y9QzcMX pic.twitter.com/J6jbGlAWmo— Maldives Inland Revenue Authority (@MIRAmaldives) November 23, 2023
މީރާއިން އާންމުކޮށްފައިވާ ލިސްޓުގައިވާ މީހުންނަކީ 2022 ވަނަ އަހަރުގެ ޖީއެސްޓީ ބަޔާން އަދި އިންކަމް ޓެކްސް ނުދައްކާ ހުރި ފަރާތްތަކެވެ. މިގޮތުން މި ލިސްޓްގައި 769 ފަރާތެއްގެ ނަން ހާމަ ކޮށްފައިވާއިރު އޭގެ ތެރެއިން 21 ފަރާތަކީ އިންކަމް ޓެކްސް ދައްކާފައިނުވާ ފަރާތްތައްކަމަށް މީރާއިން ބުނެފައިވެއެވެ.
އަދި ބާކީ 748 ފަރާތަކީ ފާއިތުވެދިޔަ އަހަރުގެ ޖީއެސްޓީ ބަޔާން ހުށަހަޅާފައި ނުވާ ފަރާތްތަކެވެ.
މި ލިސްޓްގައި ރާއްޖޭގައި ހިންގާ ގިނަ ވިޔަފާރި ތަކުގެ އިތުރުން، އާންމު ފަރާތްތަކުގެ ނަންތައް ވެސް މީރާއިން ވަނީ ހާމަކޮށްފައެވެ.
މީރާއިން މިދިޔަ އަހަރަށް ހުށަހަޅަންޖެހޭ އާމްދަނީން ނަގާ ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑި ޖުލައި މަހުގެ ނުވަވަނަ ދުވަހަށް ވަނީ ލަސްވެސް ކޮށްދީފައެވެ.
މިފަދަ ޙާލަތް ތަކުގެ ދަށުން މީރާއިން ބޭނުން ކުރަމުން އަންނަ އެންފޯސްމަންޓް ޕޮލިސީގެ ދަށުން މީގެ ކުރިންވެސް ޓެކްސް އަދި މީރާއަށް ދައްކަންޖެހޭ ފައިސާއެއް ދައްކާފައި ނުވާނަމަ އެ ފައިސާ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު މީރާއިން ހާމަކޮށްފައިވެއެވެ.

