އިސްލާމީ ދަޢުވަތުގެ އިސްތިރާޖީ ޕްލޭން “ދަ މެސެޖް” މާދަމާ އެންޑޯސް ކުރާނެ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ޑރ ޝަހީމް މިހެން ވިދާޅުވީ އޭނާ ކުރެއްވެވި ޓްވީޓެއްގައެވެ.
ޑރ ޝަހީމް ވިދާޅުވީ އިސްލާމީ ދަޢުވަތުގެ އިސްތިރާޖީ ޕްލޭން (ދަ މެސެޖް) މާދަމާ އެންޑޯސް ކުރާނެކަމަށެވެ.
2012 ގައި ކުރިއަށް ގެންދިޔަ (ދަ މެސެޖްގެ) ޕްރޮގްރާމްގެ ފޭސްބުކް ޕޭޖްގެ އަލުން އެކްޓިވްކޮށް، އިތުރު ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތައް ހެދިގެންދާނެ ކަމަށްވެސް ވަޒީރު ޑރ ޝަހީމް ޢަލީ ސަޢީދު ވިދާޅުވެފައިވެެއެވެ.
އިސްލާމީ ދަޢުވަތުގެ އިސްތިރާޖީ ޕްލޭން (ދަ މެސެޖް) މާދަމާ އެންޑޯސް ކުރާނެ. އިންޝާ ﷲ. 2012 ގައި ކުރިއަށް ގެންދިޔަ (ދަ މެސެޖްގެ) ޕްރޮގްރާމްގެ ފޭސްބުކް ޕޭޖްގެ އަލުން އެކްޓިވްކޮށް، އިތު ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތައް ހެދިގެންދާނެ. pic.twitter.com/gOnjcVLkv3
— Mohamed Shaheem Ali Saeed (@Mohamedshaheem1) November 26, 2023
އަދި ދިވެހި ބަހާއި އިނގިރޭސި ބަހުން އިސްލާމީ ފިލާވަޅުތަކުގެ ވީޑިއޯ ލިބިގެންދާނެކަމަށްވެސް ޑރ ޝަހީމް ވިދާޅުވެފައިވެއެވެ.
މި ޕްލޭން އެންޑޯސް ކުރުމަށް ހަމަޖެހިފައިވަނީ މާދަމާާ ބާއްވާ އެވުޒާރާގެ އިސްވެރިންގެ ބައްދަލުވުމުގައެވެ.

