އިސްލާމީ ކަންކަމާއި ބެހޭ ވުޒާރަގެ ވަޒީރުގެ ނައިބަކަށް އަޙްސަން އިޙްސާން ހަމަޖައްސަވައިފިއެވެ.

ހދ. ވައިކަރަދޫ އަށް ނިސްބަތްވާ އަޙްސަން އަކީ ރާއްޖޭގެ ގިނަ ދީނީ ޢިލްމުވެރިން ތަކެއް އެކުވެގެން އުފައްދައިފައިވާ އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗާ އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ) ގެ މިހާރުގެ ރައީސެވެ. ކުރިން އެ ޖަމިއްޔާގެ ނައިބު ރައީސްކަންވެސް އަހްސަން ކުރައްވައިފައިވެއެވެ.

އައިއޯސީ އަކީ މިހާރުގެ އިސްލާމިކް މިނިސްޓަރުގެ އިސްނެންގެވުމުގެ ދަށުން އުފައްދައިފައިވާ ޖަމިއްޔާއެކެވެ.

މިޖަމިއްޔާގެ ކަންކަމުގައި އިސްކޮށް އުޅިއްވުމުގެ އިތުރުން އަޙްސަން އަކީ ނޫސްވެރިކަމުގެ ދާއިރާއިންވެސް ފާހަގަކުރެވޭ ބޭފުޅެކެވެ. އެގޮތުންމޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ މެމްބަރުކަން ވެސް ކުރައްވައިފައި ވެއެވެ.

ރާއްޖޭގައި ދީނީ ކަންކަން ކަމަށް އާންމުން ހޭލުންތެރި ކުރުވާ އެފަދަ ހަރަކާތްތައް ހިންގާ ބައެއް ޖަމިއްޔާ ތަކުގައި އިސް ދައުރެއް އަހްސަން ވަނީ ކުޅުއްވައިފައެެވެ. މީގެ އިތުރުން މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގައި މާކެޓިން އަދި އެ ކޯޕަރޭޝަންގެ މީޑިއާގައި ހަރަކާތްތެރިވެވަޑައިގެންފަ އެވެ.

އަޙްސަންގެ އިތުރުން އެ ވުޒާރާގެ ނައިބަކަށް އަލްއުސްތާޒާ ޙައްވާ ލަޠީފްވެސް ވަނީ ހަމަޖައްސަވައިފައެވެ. ޙައްވާ ލަޠީފާ ކުރިން ހުންނެވީ ރާއްޖެގެ އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލަރ އަކަށެވެ.

ރައީސް ޑރ މުހައްމަދު މުޢިއްޒުގެ ސަރުކާރުގެ އިސް މަޤާމުތަކަށް މީހުން އައްޔަނުކުރުމުގެ މަސައްކަތް އެމަނިފާނު ދަނީ ކުރައްވަމުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *