ރާއްޖެ އާއި ތުރުކީވިލާތާއް ދެމެދު ވިޔަފާރީގެ ގުޅުން ބަދަހިކުރުމާއި ގުޅޭ އެެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފިއެވެ.

މިއެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސް ޑރ މުޙައްމަދު މުޢިއްޒު ތުރުކީވިލާތައް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައެވެ.

ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާންގެ ދަޢުވަތަކަށް ރައީސް ޑރ މުޢިއްޒު ތުރުކީވިލާތައް ވަޑައިގެން ތުރުކީވިލާތުގެ ރައީސް އާއި ބައްދަލުކުރެއްވި ބައްދަލުމުގެ ތެރެއިން ސޮއި ކުރެވުނު މި އެއްބަސްވުމުގައި ދިވެހި ދައުލަތުގެ ފަރާތުން ސޮއިކުރެއްވެވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. ތުރުކީގެ ފަރާތުން، ސޮއިކުރެއްވީ ޓްރޭޑް މިނިސްޓަރު އޮމާ ބޮލަޓް އެވެ.

ދެޤައުމުގެ މެދުގައި ސޮއި ކުރެވިފައިވަނީ “އެގްރީމަންޓް އޮން ޓްރޭޑް އެންޑް އިކޮނޮމިކް ކޯޕަރޭޝަން ބިޓްވީން ދަ ގަވަރމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ގަވަރމަންޓް އޮފް ދަ ރިޕަބްލިކް އޮފް ތުރްކިއޭ" ގެ ނަމުން ނަންދެިވފައިވާ އެއްބަސްވުމެއްގައެވެ.

މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒާއި، ތުރުކީވިލާތުގެ ރައީސް އުރުދުޣާންގެ ކުރިފުޅުމަތީގައެވެ.

މި ބައްދަލުވުމުގައި ރައީސް ޑރ މުއިއްޒުގެ އަރިހުގައި، މިނިސްޓަރ އޮފް ޑިފެންސް މުޙައްމަދު ޣައްސާން މައުމޫނާއި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދާއި، މިނިސްޓަރ އޮފް ޓޫރިޒަމް އިބްރާހީމް ފައިޞަލާއި، މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ޕްރެޒިޑެންޝަލް އެފެއާޒް ޢަލީ ޢާރިފާއި، ޕްރިންސިޕަލް ސެކްރެޓެރީ ޓުދަ ޕްރެޒިޑެންޓް އޮން ފޮރިން ރިލޭޝަންސް މުޙައްމަދު ނަޞީރާއި، ޕްރިންސިޕަލް އެޑްވައިޒަރ އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓް މުޙައްމަދު ޢަލީ ޖަނާހާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަރ އެޓް ލާޖް ޑޮކްޓަރ ޢަލީ ނަޞީރު މުޙައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *