ތުރުކީވިލާތުން ރާއްޖެއަށް އިތުރު ސްކޯލަރޝިޕް ތަކެއްދިނުމަށް ތުރުކީވިލާތުގެ ސަރުކާރުން ނިންމައިފައިވާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުން ބުނެފައިވަނީ ތުރުކީވިލާތުން މިކަން ޚިއްސާ ކޮށްފައިވަނީ ރައީސް ޑރ މުޙައްމަދު މުޢިއްޒު މިހާރު ތުރުކީވިލާތައް ކުރައްވަމުން ދާ ދަތުރުފުޅުގެ ތެރެއިން ކަމަށެވެ.

ރައީސް އޮފީހުން ބުނެފައިވަނީ ތުރުކީވިލާތުން ރާއްޖެއަށް އިތުރު 30 ސްކޮލަރޝިޕް ދިނުމަށް ނިންމައިފައިވާކަމަށެވެ.

ރައީސް ރަޖަބް ޠައްޔިބް އުރްދުޣާންގެ ދަޢުވަތަކަށް ތުރުކީވިލާތާއް ރައީސް ޑރ މުޙައްމަދު މުޢިއއްޒު ކުރައްވަމުން މިގެންދަވާ ދަތުރުފުޅުގައި ދެޤައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން ބަދަހިކުރުމާއި ގުޅޭ އެެއްބަސްވުމެއްގައި އިއްޔެ ވަނީ ސޮއިކޮށްފައެވެ.

ދެޤައުމުގެ މެދުގައި ސޮއި ކުރެވިފައިވަނީ “އެގްރީމަންޓް އޮން ޓްރޭޑް އެންޑް އިކޮނޮމިކް ކޯޕަރޭޝަން ބިޓްވީން ދަ ގަވަރމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ގަވަރމަންޓް އޮފް ދަ ރިޕަބްލިކް އޮފް ތުރްކިއޭ" ގެ ނަމުން ނަންދެިވފައިވާ އެއްބަސްވުމެއްގައެވެ.

އެއްބަސްވުމުގައި ދިވެހި ދައުލަތުގެ ފަރާތުން ސޮއިކުރެއްވެވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. ތުރުކީގެ ފަރާތުން، ސޮއިކުރެއްވީ ޓްރޭޑް މިނިސްޓަރު އޮމާ ބޮލަޓް އެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *