ދައުލަތަށް މިދިޔަ މަހު ޑޮލަރުން ލިބުނު އާމްދަނީ 125 މިލިޔަނަށް އަރާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ މީރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިދިޔަ މަހު ޑޮލަރުން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޓޫރިޒަމް ގުޑްސް އެންޑް ސަރވިސް ޓެކްސް، ޓީޖީއެސްޓީންނެވެ. އެ ގޮތުން މިދިޔަ މަހު ޓީޖީއެސްޓީގެގޮތުގައި 69 މިލިޔަން ޑޮލަރު ލިބިފާވާއިރު، މިދިޔަ އަހަރުގެ ޖަނަވަރީ މަހު ލިބިފައިވަނީ 61 މިލިޔަން ޑޮލަރެވެ.

ޖަނަވަރީ މަހު އެހެނިހެން ޓެކްސްތަކުން ޑޮލަރުން ލިބުނު އާމްދަނީ:

• ޑިޕާޗަރ ޓެކްސް – 2025ގައި 7.3 މިލިޔަން ޑޮލަރު / 2024ގައި 6.4 މިލިޔަން ޑޮލަރު
• އިންކަމް ޓެކްސް – 2025ގައި 28.9 މިލިޔަން ޑޮލަރު / 2024ގައި 16.5 މިލިޔަން ޑޮލަރު
• ގްރީން ޓެކްސް – 2025ގައި 7 މިލިޔަން ޑޮލަރު / 2024ގައި 6.4 މިލިޔަން ޑޮލަރު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *