ރާއްޖޭގެ އެކި ހިސާބުތަކުގައި ފެނަކައިން ހިންގަމުންއައި 14 އައިސް ޕްލާންޓެއް މޯލްޑިވްސ އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އާ މިއަދު ހަވާލުކޮށްފި އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފެނަކައިގެ ފަރާތުން މިކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު އެވެ. އަދި މިފްކޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޑރ. ވިޓާލީ ލުބިމޯވް އެވެ. މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން މިފްކޯއާއި ހަވާލުކޮށްފައިވަނީ ފެނަކައިން ހިންގަމުންއައި:

  1. ހއ. އިހަވަންދޫ
  2.  ނ. ޅޮހި
  3.  ރ. އަލިފުށި
  4.  ބ. ތުޅާދޫ
  5.  ފ. ފީއަލި
  6. ފ. ނިލަންދޫ
  7. ތ. ހިރިލަންދޫ
  8.  ގއ. ދާންދޫ
  9.  ގއ. ދެއްވަދޫ
  10.  ގއ. ގެމަނަފުށި
  11.  ގއ. ކޮލަމާފުށި
  12.  ގދ. ފަރެސްމާތޮޑާ
  13.  ގދ. ފިޔޯރީ
  14.  ސ. ހިތަދޫ

އައިސްޕްލާންޓް ތަކެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *