ރެޖިސްޓްރާ އޮފް ކޮމްޕެނީޒްގެ މަގާމުން މަރިޔަމް ވިސާާމް އިސްތިއުފާ ދެއްވައިފި އެވެ.

އިސްތިއުފާ ދެއްވިކަން ވިސާމް ވަނީ މީޑިއާއަށް ޔަގީންކޮށްދީފަ އެވެ.

ވިސާމް ވިދާޅުވީ އިސްތިއުފާ ދެއްވީ މި ހަފްތާ ތެރޭގައި ކަމަށެވެ. ރަޖިސްޓްރާ އޮފް ކޮމްޕެނީޒްގެ މަގާމަށް ވިސާމް އައްޔަންކުރި ޖެނުއަރީ 4، 2014 ގަ އެވެ.

އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ކޫއިންސް ލޭންޑުން ބިޒްނަސް އިކޮނޮމިކްސް އިން މާސްޓާސް ހާސިލުކުރައްވާފައިވާ ވިސާމް ވަނީ ނޮތަމްބްރިއާ ޔުނިވާސިޓީން މާކެޓިން މެނޭޖްމެންޓުން ޑިގްރީ ހައްދަވާފަ އެވެ.

ރަޖިސްޓްރާ އޮފް ކޮމްޕެނީޒްގެ މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން އޭނާ ވަނީ ހިއްސާގެ ބާޒާރު ބަލަހައްޓާ، ކެޕިޓަލް މާކެޓް ޑިވޮލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ ޑައިރެކްޓަރުގެ މަގާމުވެސް ފުރުއްވާފަ އެވެ.

އޭގެ ކުރިން ސީއެމްޑީގެ އެކްޓިން ޑެޕިއުޓީ ސީއީއޯގެ މަގާމުވެސް އޭނާ ފުރުއްވި އެވެ. އަދި ޕެންޝަން އޮފީސްގެ ބޯޑުގެ މެންބަރުކަންވެސް ވިސާމް ކުރައްވާފައިވެ އެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *