ކޮންމެ ރޯދަ މަހަކީވެސް ކަރަންޓް ބޭނުންކުރާ ނިސްބަތް މަތިވެގެންދާ މަހެކެވެ. އެހެންވެ ސްޓެލްކޯއިން މިއަހަރު ދުރާލާ ތައްޔާރުވެ، ވަރަށް ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. ސްޓެލްކޯއިން ހާމަކުރި ރެެކޯޑްތަކުން ދައްކާ ގޮތުގައި ރޯދަ މަހުގެ 8 ން 14 އަށް މާލެ އަދި ހުޅުމާލޭގައި ކަރަންޓު ބޭނުންކޮށްފައިވާ ގޮތަށްބަލާއިރު، ރޯދަ މަހުގެ ފުރަތަމަ ހަތް ދުވަހާއި ގާތްގަނޑަކަށް އެއް ޕެޓާންއަކަށް ކަރަންޓު ބޭނުން ކޮށްފައިވާކަން ފާހަގަ ކުރެވެއެވެ.

"އެގޮތުން ފުރަތަމަ ހަތް ދުވަހެކޭ އެއްގޮތަށް މި ދުވަސްތަކުގައިވެސް އެއްގަޑިތަކެއްގައި ކަރަންޓު ބޭނުން ކުރަމުންދާ މިންވަރުވަނީ މަތިވެފައި. މީގެ އިތުރުން މި ދުވަސްތަކަށް ބަލާއިރު، ޖުމްލަކޮށް ދުވާލެއްގެ މައްޗަށް ކަރަންޓު ބޭނުން ކުރަމުންދާ މިންވަރު ފުރަތަމަ ހަތް ދުވަހާއި އަޅާބަލާއިރު ދަނީ އިތުރު ވަމުން،" ސްޓެލްކޯއިން ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.

"އެހެން ކަމުން ކަރަންޓު އިގްތިސާދު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކުރަން."

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *