އައިކެއާއިން އެ ކުންފުނީގެ ސުކޫކްގައި އިންވެސްޓުކުރި ފަރާތްތަކަށް ދެވަނަ ފަހަރަށް ފައިދާގެ ގޮތުގައި 3.4 މިލިއަން ރުފިޔާ ބަހައިފި އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެ ކުންފުނިން ވިއްކި ސްކޫކްގައި އިންވެސްޓްކުރި ފަރާތްތަކަށް ފުރަތަމަ ޕޭމަންޓުގެ ގޮތުގައި ވެސް 3.4 މިލިއަން ރުފިޔާ ވަނީ މީގެ ކުރިން ބަހާފަ އެވެ.

އައިކެއާއިން ސްކޫކު ވިއްކާފައިވަނީ އައިކެއާ ސެންޓަރުގެ ނަމުގައި ހުޅުމާލޭގެ ލޮލުގެ ފަރުވާއަށް ހާއްސަ ހޮސްޕިޓަލެއް ހެދުމަށް ބޭނުންވާ ފައިސާ ހޯދުމަށެވެ. އެގޮތުން 30 މިލިއަން ރުފިޔާގެ ސުކޫކެއް ވިއްކައިފަ އެވެ. އައިކެއާގެ ސްކޫކް ވިއްކާފައިވަނީ އިންވެސްޓްކުރި ފަރާތްތަކަށް ކޮންމެ އަހަރަކު 8 ޕަސެންޓުގެ ރޭޓުންފައިދާ ބަހާގޮތަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *