އެންމެ ފަހުން ވެކްސިން މާކެޓާ ހަމައަށްވެސް އަސަރުކުރީއެވެ. އެމެރިކާގެ އާ އެޑްމިނިސްޓްރޭޝަންގެ ބަދަލުތަކުގެ ސަބަބުން ޝެއާ މާކެޓަށް ވަނީ ބަދަލު އަންނަން ފަށާފައެވެ. ބައެއް ދާއިރާތަކުން އުޖާލާކަން ފެންނައިރު، ވެކްސިން މާކެޓް ފަދަ ސެންސިޓިވް ބައެއް އޭރިއާތައް ކުއްލިއަކަށް ދަށަށް ވެއްޓިއްޖެއެވެ.
އެފްޑީއޭގެ އިސް އޮފިޝަލް ޕީޓާ މާކްސް އިސްތިއުފާ ދެއްވުމާ ގުޅިގެން ވެކްސިން އުފައްދާ މޮޑާނާ އާއި ނޮވަވެކްސްގެ އިތުރުން ބަޔޯޓެކްގެ އެހެން ބައެއް ކުންފުނިތަކުގެ ހިއްސާ ވަނީ ދަށަށް ގޮސްފަ އެވެ.
މާކްސް މަގާމުން އިސްތިއުފާ ދެއްވީ ހެލްތު އެންޑް ހިއުމަން ސާވިސަސްގެ ސެކްރެޓަރީ ރޮބަޓް އެފް ކެނެޑީ ވެކްސިނާ މެދު ޝައްކު އުފައްދަމުންދާތީ އެކަމާ އިހްތުޖާޖު ކުރުމުގެ ގޮތުންނެވެ.
އެފްޑީއޭގެ އާ ކޮމިޝަނަރު މާޓީ މަކަރީ ވަނީ ސާބިތު ފަރުވާތަކަށް ތާއީދު ކުރައްވާނެކަން އިއުލާން ކުރައްވާފައެވެ. އެހެންނަމަވެސް ވެކްސިން މާކެޓަށް މިއެރި ކުއްލި ލޮޅުމަށް އަދި އުފާވެރިކަމެއް ލިބިގެންދާނެ އިރެއް އަދި ނޭނގެއެވެ. އެހެންނަމަވެސް މި ދަށްވުން މާގިނަ ދުވަހަށް ދެމިގެން ނުދާނެ ކަމަށް ވޯލްސްޓްރީޓްގެ ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.

