މަސްކުގެ އިލެކްޓްރިކް ވެހިކަލް ބްރޭންޑް، ޓެސްލާއިން މިއަހަރުގެ ފުރަތަމަ ކުއާޓާގައި ބާޒާރަށް ނެރުނު ވެހިކަލްގެ އަދަދު 13 ޕަސެންޓް ދަށަށް ހިނގައްޖެއެވެ.

މި އަަހަރުގެ ފުރަތަމަ ކުއާޓަރުގައި ޓެސްލާއިން 336،000 ވެހިކަލް ޑެލިވަރީ ކޮށްފައިވާއިރު، ޕްރޮޑަކްޝަން ނިންމާފައި ވަނީ 362،615 ވެހިކަލްއެވެ. 

މި ކުއާޓަރުގައި ޓެސްލާގެ ވިޔަފާރިއަށް ކުރިމަތިވި މި ރާޅަނީ، ކުންފުނީގެ ސީއީއޯ އީލޮން މަސްކްގެ ސިޔާސީ އަމަލުތަކާއި ޓްރަމްޕްގެ ސަރުކާރުގައި މަސްކު ކުރެއްވި މަސައްކަތްތަކާ ގުޅިގެން އުފަންވި މުޒާހަރާތަކާއި ބޮއިކޮޓް ކުރުންތަކުގެ ނަތީޖާއެވެ. 

މި އަހަރުގެ ފުރަތަމަ ކުއާޓާއަކީ 2022 ވަނަ އަހަރު ފަހުން ޓެސްލާއަށް ކުރިމަތިވި އެންމެ ބޮޑު ހީނަރުކަމާއި ނާކާމިޔާބެވެ.

ތަޖުރިބާކާރުން ދެކޭ ގޮތުގައި ސީއީއޯ އީލޮން މަސްކުގެ ސިޔާސީ މަސައްކަތްތައް އެއްފަރާތްކޮށް ނުލައިފިނަމަ ޓެސްލާއަށް އަދިވެސް އޮތީ އަނދިރި މުސްތަގުބަލެކެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *