ދިރާގުން ބާއްވާ މޯލްޑިވްސް ގޭމިން ކޮންކުއެސްޓުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު އީ-ސްޕޯޓްސް މުބާރާތް "ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް" (ޑީއެމްޖީސީ) ގެ މޮބައިލް ލެޖެންޑް ކޮލިފަޔާސްގައި ބައިވެރިވުމުގެ ފުރުސަތު މުޅި ރާއްޖެއަށް ދިރާގުން ވަނީ ހުޅުވާލާފައެވެ.
ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން އިންތިޒާމްކޮށްގެން ބާއްވާ އެ މުބާރާތުގައި ރަޖިސްޓްރީކުރުމުގެ ފުރުސަތު މާދަމާ ރޭގެ ނިޔަލަށް ހުޅުވާލާފައިވާއިރު އެ މުބާރާތަކީ ރާއްޖޭގެ ކޮންމެ ހިސާބަކުން ވެސް ބައިވެރިވެވޭ ގޮތަށް އޮންލައިން ފޯމެޓަށް ކުރިއަށްގެންދާ މުބާރާތެކެވެ. އެ މުބާރާތުގައި ބައިވެރިވާ ހުރިހާ ޓީމުތަކުގެ ތެރެއިން ޑީއެމްޖީސީއަށް ކޮލިފައި ވާނީ އެ މުބާރާތުގެ އެންމެ މޮޅު 8 ޓީމެވެ.
https://dgg.mv/ ލިންކަށްވަދެ ރަޖިސްޓަރީ ވުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ވަނީ ހުޅުވާލާފައި.
މޮބައިލް ލެޖެންޑް ކޮލިފަޔާސްގައި ބައިވެރިވެ 1 ވަނަ އަށް ދާ ޓީމަށް 7،000 ރުފިޔާ، 2 ވަނަ އަށް ދާ ޓީމަށް 5،000 ރުފިޔާ އަދި 3 ވަނަ އަށް ހޮވޭ ޓީމަށް 3،000 ރުފިޔާގެ ފައިސާގެ އިނާމުވެސް ވަނީ ހުށަހަޅާފަ އެވެ.
މޮބައިލް ލެޖެންޑްސް ކޮލިފަޔާސް އަކީ ޑީއެމްޖީސީއާ ހަމައަށް ދިއުމަށް ހުޅުވާލާ ފުރުތަމަ މުބާރާތެވެ. އެއަށްފަހު އޮންނަ ޑީއެމްޖީސީއަކީ ދިވެހިރާއްޖޭގައި ތިބި އެންމެ ހުނަވެރި ގޭމަރުން އެއްތާކުން ފެނިގެންދާނެ ގޮތަށް ޕަބްޖީ، ރޮކެޓް ލީގް އަދި އެފްސީ 25 ގޭމްތައް ހިމަނައިގެން ކުރިއަށްގެންދާ ޗެމްޕިއަންޝިޕެކެވެ.

