އެއް ފަހަރާ 300 އިލެކްޓްރިކް ވެހިކަލް (އީވީ) ޗާޖް ކުރެވޭވަރުގެ ޗާޖިން ސްޓޭޝަނެއް އިންޑިއާގައި ލަހެއް ނުވެ ތަރައްގީކޮށް ނިމޭނެއެވެ.

އިކޮނޮމިކް ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ޗާޖިން ސްޓޭޝަން ހަދަނީ އިންޑިޔާގެ ކަލްކަތާގައެވެ.

މި ސްޓޭޝަން ޖުލައި މަހު ބޭނުން ކުރަން ފެށުމުން މި ތަން ވާނީ ދުނިޔޭގައި ދެވަނަ އަށް އެންމެ ގިނަ ވެހިކަލް އެއް ފަހަރާ ޗާޖް ކޮށްލެވޭ ޗާޖިން ސްޓޭޝަނަށެވެ. އެެއްވަނަ ލިބެނީ ޗައިނާއަށެވެ. އެއީ މިހާރުވެސް އޮޕަރޭޝަނުގައި އެއްފަހަރާ 600 ވެހިކަލް ޗާޖްކޮށްލެވޭ ވަރުގެ ސްޓޭޝަނެއް އޮތުމުންނެވެ.

މި ޕްރޮޖެކްޓްގައި މުޅިން ވެސް ބޭނުން ކުރާނީ އިންޑިއާގެ އަމިއްލަ އުފެއްދުންތަކެވެ.

މިއީ 7.5 ކްރޯ ރުޕީސްގެ ޕްރޮޖެކްޓެކެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *