ވެކޭޝަންސް އެކްސްޕޯ މި މަހުގެ 17 ވަނަ ދުވަހު ބާއްވާ ގޮތަށް ހަމަޖައްސައި ވަރުގަދައަށް މާކެޓްކުރަން ފަށައިފިއެވެ.
މި އެކްސްޕޯ ބާއްވަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ތިން ދުވަހުގެ މުއްދަތަކަށެވެ.
މިއަހަރުގެ އެކްސްޕޯގައިވެސް ޗުއްޓީ ދަތަުރު ވިއްކާ ކުންފުނިތައް ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި ރާއްޖޭގެ ޓްރެވެލް އެޖެންޓުންނާއި ރިސޯޓްތަކާއި ޓޫރިޒަމް އިންޑަސްޓްރީއަށް ޚިދުމަތްދޭ އިތުރު ކުންފުނިތައްވެސް ހިމެނެއެވެ.
މި އެކްސްޕޯގައި ލަކޯ ޑްރޯތައް ނެގުމާއި ސްޓޯލްތަކުން ވަކިވަކުންވެސް، ޒިޔާރަތްކުރާ މީހުންނަށް ޚާއްސަ ހަރަކާތްތައް ވަނީ ރާވާފައެވެ.
ވެކޭޝަންސް އެކްސްޕޯއަކީ ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ކާމިޔާބު އެކްސްޕޯއެކެވެ.

