ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރެއްގެ ކިބައިގައި ހުންނަން ޖެހޭނެ ކަމަށް ބެލެވޭ ގިނަ ސިފަތައް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ފަހުމީގެ ކިބައިން ފެނެއެވެ.
- ހިންގުންތެރިކަން
- ރޭވުންތެރިކަން
- މުވައްޒަފުންނަށް ހެޔޮވުން
- ޚަރަދުކުޑަކުރުން
- ވަރުގަދަ މެނޭޖްމަންޓް
މަތީގައި އެވަނީ އަދި ބައެއް ސިފަތަކެވެ. ފަހުމީއާ ބެހޭ ގޮތުން ބަހެއް ބުުނާނަމަ ބުނެވެން އޮތީ ރާއްޖޭގައި މިވަގުތު ކުންފުނިތަކުގެ އެންމެ އިސްވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން އެންމެ ކާމިޔާބު ނަން ކަމެކެވެ.
އޭނާ ކުންފުންޏާ ހަވާލުވިއިރު ކުންފުނި އޮތީ ދަރަނިވެރިވެފައިވާ ހާލުގައެވެ. ހިންގުން ދޯދިޔާވެ އެތައް ކަމެއް އޮތީ ބޮއްސުންލާފައެވެ.
އެހެންނަމަވެސް މިދިޔަ އަހަރު ސްޓެލްކޯއަށް ފައިދާ ހޯދައިދީފިއެވެ.
"އެއީ ވަރަށް މުހިއްމު ކާމިޔާބެއް. ވަރަށް މަސައްކަތުން ހޯދުނު ފަހުރުވެރި ކާމިޔާބެއް،" ފަހުމީ އާންމު ކުރައްވާފައިވާ އެކްސް ޕޯސްޓެއްގައި ވިދާޅުވެފައިވެއެވެ.
ކުންފުނީގެ ބައެެއް މުވައްޒަފުންނާ ވާހަކަ ދައްކާލުމުން ފަހުމީއަށް ތައުރީފު އޮއްސާލިއެވެ.
"ވަރަށް ރަނގަޅު ވެރިއެއް. ވަރަށް މަޑު މައިތިރި، އެންމެނާ ގުޅޭ ވަރަށް ހިންގުންތެރި ވެރިއެއް. މުވައްޒަފުންގެ ކަންކަމާ މިހާ ކޮންސާންވާ އެހެން ދެވަނަ ވެެރިއަކު ނާދޭ. ފަހުމީ ހަމަ ބެސްޓް،" މުވައްޒަފަކު ކޮމެންޓްކުރިއެވެ. "ކޮންމެ މުވައްޒަފަކާ ވެސް ވާހަކަ ދައްކަވާނެ. އަމިއްލައަށް ކަންކަން ބައްލަވާ އޮޅުން ފިލުއްވާނެ. ހުރިހާ މުވައްޒަފުންނަށްވުރެ ކުރިން އޮފީހަށް ވަޑައިގަންނަވާނެ އަދި ގިނަ ވަގުތު އޮފީހުގެ މަސައްކަތުގައި ހޭދަކުރައްވާނެ."
ފަހުމީ ދެކިލައްވާ ގޮތުގައި ސްޓެލްކޯގެ ކާމިޔާބީގެ އެންމެ މުހިއްމު މޭސްތިރިއަކީ މުވައްޒަފުންޏެވެ.
"ސްޓެލްކޯގައި އޮތީ ވަރަށް ޕްރޮފެޝަނަލް ޓީމެއް. އެ ޓީމް ހެޔޮ ގޮތުގައި ބޭނުން ކުރުމުން އަދިވެސް އިތުރު ކާމިޔާބީތައް ނެރެވޭނެ. އަޅުގަނޑު އަބަދުވެސް ބަލަން މުވައްޒަފުން މޯޓިވޭޓްކޮށްގެން ޕްރޮފެޝަނަލް ލެވަލްގައި ނަތީޖާ ނެރެން،" ފަހުމީ ވިދާޅުވިއެވެ.
ފަހުމީއަކީ މީޑިއާއާ ވަރަށް ގާތް ބޭފުޅެކެވެ. ހުރިހާ ނޫސްވެރިންނާވެސް ވަރަށް ގުޅެއެވެ. ކުންފުނިތައް ހިންގަން ބޭނުންވަނީ މިފަދަ ބޭފުޅުންނެވެ.


5 Responses
ރައްޔިތުންގެ ބިލު ބޮޑު ކޮށްގެން ފައިސާ ހޯދައިގެން ތިޔަ ހޯދި ކާމިޔާބީ ރަނގަޅެވެ.
ހޮރުހަޑާ ރުޑިއެއް
ބިލްބޮޑު ކުރީ މާ އެެއީ މޮޅުވީޔަ
ކަމަކު ނުދޭ ދެއްކުންތެރި ރަގަޅެއްނޫން އިސްތިއުފާ ދޭންޖެހޭ
ޑަބަލްބިލް އެއްމަހު ދެފަހަރަށް ފޮނުވާއިރު ޚިދުމަތާދޭތެރޭގައި؟