ނ. ފޮއްދޫގައި 6 މަޝްރޫޢުއެއްގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި އެމްޓީސީސީއިން ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފި އެވެ.

344 މީހުންގެ އާބާދީއެއް ދިރިއުޅޭ ނ. ފޮއްދޫގައި ހިންގުމަށް ހަމަޖެހިފައިވާ މި 6 މަޝްރޫޢުގެ ތެރޭގައި ހިމެނެނީ ޕޮލިސް ޕޯސްޓެއް ބިނާކުރުމާއި، ހެލްތް ސެންޓަރަށް ދެ ބުރީގެ އައު އިމާރާތެއް އިތުރުކުރުމާއި، އައުޓްޑޯ ޖިމެއް ތަރައްޤީކުރުމާއި، އެއް ބުރީގެ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ތަރައްޤީކުރުމާއި، ކުޑަކުދިންގެ ޕާކެއް ތަރައްޤީކުރުމާއި އަދި ރަށުގެ ބަނދަރު ތަރައްޤީކުރުމެވެ.

މި މަޝްރޫޢުތައް ފެށުމަށް ނިންމާފައިވަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި، ވަކިވަކި ރަށްތަކުގައި ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ޒަރޫރީ ކަންކަމާއި ގުޅުންހުރި ގިނަ މަޝްރޫޢުތަކެއް ނުފެށި ނުވަތަ ހުއްޓިފައި ހުރުމުގެ ސަބަބުން ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރުމާ ގުޅިގެންނެވެ. މި މަޝްރޫޢުތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއި ޚާއްޞަ އިރުޝާދުފުޅުގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫޢުތަކެކެވެ.

އެމްޓީސީސީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި މަޝްރޫޢުތަކުގެ މަސައްކަތް ފުރިހަމަކުރެވުމުން ފޮއްދޫގެ ރައްޔިތުންނަށް އުމްރާނީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ގިނަގުނަ މަންފާތަކަކާއި ފަސޭހަތަކެއް ލިބިގެންދާނެއެވެ.

ސަރުކާރުން ވަނީ ހުއްޓިފައިވަ ތަރައްޤީގެ މަޝްރޫއުތައް އަނެއްކާވެސް ފަށަން ފަަށައިފަ އެވެ. އަދި މި އަހަރުގެ ތެރޭގައި އުމްރާނީ ތަރައްޤީގެ ގިނަ މަސައްކަތްތަކެއް ކުރިއަށްގެންދިއުމަށް ސަރުކާރުން ވަނީ ރާވާފަ އެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *