ގޫގުލްގެ ޕްލެޓްފޯމްސް އެންޑް ޑިވައިސަސް ޔުނިޓުން އެތައްސަތޭކަ މުވައްޒަފުން އަނެއްކާ ވެސް ވަޒީފާއިން ވަކިކޮށްފިއެވެ.
ވަކިކުރި މުވައްޒަފުންގެ ޔުނިޓުގައި ހިމެނެނީ އެންޑްރޮއިޑް ޕްލެޓްފޯމް، ޕިކްސެލް ފޯނުތައް އަދި ކްރޯމް ބްރައުޒަރު ފަދަ އެޕްލިކޭޝަންތަކެވެ.
މުވައްޒަފުންތަކެއް ވަކި މިކުރީ،ޖަނަވަރީ މަހު ގޫގުލްއިން މުވައްޒަފުންނަށް ދިން ރިޓަޔާމަންޓް އޮފާ އަށް ފަހުގައެވެ.
ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކުން މިހާރު އިސްކަންދެމުންދަނީ ޑޭޓާ ސެންޓަރުތަކާއި އާޓިފިޝަލް އިންޓެލިޖެންސް ތަރައްގީކުރުމަށެވެ. އަދި އެހެން ދާއިރާތަކަށް ކުރާ އިންވެސްޓްމަންޓްތައް ކުޑަކުރަމުންނެވެ. މިގޮތުން ފޭސްބުކްގެ މައި ކުންފުނި މެޓާއިން މިއަހަރުގެ ޖަނަވަރީ މަހު އެންމެ ދަށް ޕާފޯމަންސް ދައްކާ ފަސް ޕަސެންޓު މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވެ އެވެ. އަދި މައިކްރޯސޮފްޓްއިން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެކްސްބޮކްސް ޔުނިޓުން 650 މުވައްޒަފުން ވަކިކޮށްފައިވެ އެވެ.
މީގެ އިތުރުން އެމޭޒަން އަދި އެޕަލްއިންވެސް ބައެއް ޔުނިޓުތަކުން މުވައްޒަފުން ވަކިކޮށްފައިވާކަމަށް މީޑިއާ ރިޕޯޓުތަކުގައި ބުނެފައިވެއެވެ.

