ބ އަތޮޅު ބަޔޯސްފިއާ ރިޒާވް އޮފޫހުން ބަލަހައްޓަމުން އަންނަ ނެލިވަރު ހުއްދަ ނުހޯދައި ޓޫރިސްޓުންނާ އެކު ވަދެފައިވާތީ ސޮނެވާފުށި ރިސޯޓް 44،8375 ރުފިޔާ އިން ޖޫރިމަނާކޮށްފި އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރ 18 ވަނަ ދުވަހު ސޮނޭވާފުށީގެ މުވައްޒަފުން ޓޫރިސްޓުންނާއެކު ނެލިވަރު ސަރަޙައްދަށް އިރުއޮއްސި 6:00 ގެ ފަހުން ގަވާއިދާ ހިލާފަށް ވަދެ، އެތަނުގައި ގަވާއިދާ ހިލާފު ކަންތައްތަކެއްކޮށްފައިވާ ކަމަށް އެ ރިސޯޓުން އެއްބަސްވެފައިވާތީ އެ މައްސަލާގައި އެ ރިސޯޓް ވަނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނުގެ ދަށުން ޖޫރިމަނާ ކޮށްފައެވެ.
ނެލިވަރު ސަރަޙައްދަކީ ބ. އަތޮޅު ބަޔޯސްފިއާ ރިޒާވް އޮފީސްގެ ހުއްދައާއި ނުލައި ވަނުން މަނާކޮށް ހިމާޔަތްކޮސްފައިވާ ސަރަހައްދެކެވެ.

