އަހަރުގެ ފުރަތަމަ ކުއާޓާގައި ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) އަށް ލިބުނު ސާފު ފައިދާ %13.5 ދަށްވެއްޖެ އެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) އަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވާ 169 މިލިއަން ރުފިތާ އަކީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގައި ލިބިފައިވާ 195 މިލިއަން ރުފިޔާ އާއި އަޅާބަލާއިރު 13.5 އިންސައްތައި ދަށްވުމެއްކަމަށް އެސްޓީއޯގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ.

ނަމަވެސް އެ ކުންފުނީގެ އާމްދަނީގެ ތަފާސްހިސާބުތަކުން ދައްކާގޮތުންމިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު 4.02 ބިލިއަން ރުފިޔާގެ އާމްދަނީއަކީ މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާރޓާގައި ލިބުނު ލިބުނު 3.84 ބިލިޔަން ރުފިޔާއާއި އަޅާބަލާއިރު %4.6 ކުރިއެރުމެކެވެ.

އަދި އެސްޓީއޯއަށް މިއަހަރުގެ ފުރަތަމަ ކުއާރޓަރުގައި ފައިދާގެ ގޮތުގައި 583 މިލިޔަން ރުފިޔާ ވަނީ އެ ކުންފުންޏަށް ލިބިފައެވެ. މިއީ 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ލިބުނު 617 މިލިޔަން ރުފިޔާއާ އަޅާބަލާއިރު ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާރޓަރުގައި އެ ކުންފުންޏަށް ލިބުނު ފައިދާއަށްވުރެ މިއަހަރުގެ ފުރަތަމަ ކުއާރޓާރުގައި ލިބުނު ފައިދާ ދަށްވެފައިވަނީ އެ ކުންފުނިން ތެޔޮ ވިއްކާ އަގު ދަށްކުރުމާ ގުޅިގެންކަމަށް އެ ކުންފުނިން ބުނެއެވެ.

ހިންގުމުގެ ފައިދާގެ ގޮތުގައި މިއަހަރުގެ ފުރަތަމަ ކުއާޓާގައި ލިބިފައިވާ 263 މިލިޔަން ރުފިޔާ އަކީ މިދިޔައަހަރުގެ އަހަރުގެ ފުރަތަމަ ކުއާޓަރގައި ލިބުނު 308 މިލިޔަން ރުފިޔާއާއި މިދިޔަ އަހަރުގެ ފަހު ކުއާޓަރގައި ލިބުނު 300 މިލިޔަން ރުފިޔާ އަޅާބަލާއިރު ދަށް އަދަދެކެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *