ފެނުއަޑީގައި އެންމެ ބޮޑު ޕެނަލް ޑިސްކަޝަން ބާއްވައިގެން އުރީދޫ މޯލްޑިވްސް އިން ގިނީސް ވޯލްޑް ރެކޯޑް ފޮތުން ޖާގަ ހޯދައިފި އެވެ.
އުރީދޫން ބުނީ މި ރެޚޯޑުން ހާމަކޮށްދެނީ އެ ކުންފުނީގެ އީޖާދީ މަސައްކަތްތަކަށް އިސްކަންދޭ މިންވަރުގެ އިތުރުން، ފެނުގެ ޢޑީގައިވެސް އެކުންފުނިން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ކަމަށާއި މީގެ އިތުރުން ރާއްޖޭގެ ގުދުރަތީ ރީތިކަމާއި އީޖާދީ މަސައްކަތާ ގުޅުވައިދިން މަސައްކަތެއް ކަމަށެވެ.
އަދި އެ މަސައްކަތުގެ ބޭނުމަކީ ހަމައެކަނި ރެކޯޑެއް ހާސިލުކުރުން ނޫން ކަމަށާއި، އެއީ ޓެކްނޮލޮޖީ އާއި އެކުންފުނީގެ އަމާޒު އެއްކޮށްލުމުން ހޯދޭނެ ކާމިޔާބީ ދައްކުވައި ދިނުމުގެ ގޮތުން ކުރިއަށްގެންދިޔަ އިވެންޓެއް ކަމަށެވެ.
އުރީދޫގެ މި ރެކޯޑާއި އެކުންފުނީގެ ފަރާތުން ހަވާލުވީ އެ ކުންފުނީގެ ސީއީއޯ ޚާލިދު އަލް ހަމާދީ އެވެ.

