މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބެންޖެހޭ 2.2 މިލިއަން ރުފިޔާ ހޯދުމަށް އެ ކުންފުންޏަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ސަބް ކޮމެޓީއިން ނިންމައިފި އެވެ.

މިއީ ކަސްޓަމްސް ސަރވިސްގެ 2012 އިން 2019 އަށް ހެދިފައިވާ އޮޑިޓް ރިޕޯޓުތައް ދިރާސާކުރުމަށްފަހު ނިންމި ނިންމުމެކެވެ.

ސަބް ކޮމެޓީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ މައިގަނޑު މައްސަލައަކީ، ރާއްޖޭގައި ބޭނުންކުރުމަށްފަހު އަނބުރާ ގެންދާ ގޮތަށް އިމްޕޯޓުކުރާ މުދާ ރާއްޖެއިން ބޭރުގެ ފަރާތެއް ޒިންމާވާ ގޮތަށް ދޫކޮށްފައިވާ މައްސަލަ އެވެ. މި މައްސަލައިގައި 2,236,997 ރުފިޔާ އިމްޕޯޓް ޑިއުޓީގެ ގޮތުގައި ދައުލަތަށް ލިބެންޖެހެ އެވެ.

މީގެ އިތުރުން، ކޮމެޓީން ވަނީ ހަރުމުދަލުގެ ރަޖިސްޓްރީ ފުރިހަމަކޮށް، އޭގައިވާ އަދަދުތަކުގެ ސައްޙަކަން ކަށަވަރުކުރުމަށާއި، މާލީ ބަޔާނުގައި ހިމަނައި، މިނިސްޓްރީ އޮފް ފިނޭންސްގެ ޕަބްލިކް އެކައުންޓިންގ ސިސްޓަމްގައި ރެކޯޑުކޮށް ބެލެހެއްޓުމަށް ކަސްޓަމްސްއަށް އެންގުމަށްވެސް ނިންމާފައެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގާނޫނާއި ގަވާއިދާ ޚިލާފު ކަންތައްތައް ކުރިމަގުގައި ތަކުރާރުނުވާނެ ގޮތަށް އިސްލާހުކުރުމަށް އޮޑިޓަރ ޖެނެރަލް ލަފާދީފައިވާ ގޮތަށް އަމަލުކުރުމަށްވެސް ކޮމެޓީން ވަނީ އަންގާފައެވެ. އަދި ކުރިމަގުގައި ކަސްޓަމްސް އޮޑިޓްކުރާއިރު، އެ ސަރވިސްގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކަށް އިސްލާހީ ފިޔަވަޅުތައް އަޅާފައިވާ މިންވަރު ބެލުމަށް އޮޑިޓަރ ޖެނެރަލަށް އެންގުމަށްވެސް ސަބް ކޮމެޓީން ވަނީ ހުށަހަޅާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *