ތިލަފުށީގައި ހެދުމަށް ނިންމާފައިވާ ޕޯޓްގެ އީއައިއޭ އަދި ހައިޑްރޯ ސަރވޭ ކޮށްދޭނެ ކޮންސަލްޓެންޓެއް ހޯދުމަށް މޯލްޑިވެސް ޕޯރޓްސް ލިމިޓެޑް (އެމްޕީއެލް) އިން އަލުން ހުޅުވާލައިފިއެވެ.

އެމްޕީއެލް އިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ތިލަފުށީ ޕޯޓްގެ އީ.އައި.އޭ، ޖިއޯޓެކްނިކަލް، ހައިޑްރޯ-ސާރވޭ އަދި ބަތިމެޓްރީ ސާރވޭ ކޮށްދޭނެ ކޮންސަލްޓެންޓް އެއް ހޯދުމަށް އަލުން އިޢުލާންކޮށްފައިވަނީ މިދިޔަ އޭޕްރީލްމަހު ހުޅުވާލި ފުރުޞަތުގައި އެކަށީގެންވާ ތަރުޚީބެއް ލިބިފައިނުވާތީ ކަމަށެވެ.

އެހެންކަމުން އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް މިމަހުގެ 13 ވަނަ ދުވަހާހަމައަށް މިހާރު ވަނީ ފުރުސަތު ހުޅުވާލާފައި ކަމަށެވެ.

މަރުހަލާ ތަކަށް ބަހާލައިގެން ވިޔަފާރި ބަނދަރުގެ މަސައްކަތްތައް ތިލަފުއްޓަށް ބަދަލުކުރުމަށް އެކުންފުނިން ނިންމައި ބުނެފައިވަނީ ތިލަފުށީގައި ހަދާ އައު ޕޯޓު ފުލް އޮޕަރޭޝަނަށް ގެނެވެމުން ހުޅުމާލޭގައި ބޭނުން ކުރާ ބަނދަރު ޓްރާންސްޝިޕްމެންޓް ބަނދަރަށް ހެދުމަށް ނިންމާފައިވާކަމަށެވެ.

އަދި އެ ކިުންފުނީގެ އަމާޒަކީ ކުރިއަށް އޮތް 2 އަހަރުގެ ތެރޭގައި އެ މަސައްކަތް ނިންމައި ތިލަފުއްޓަށް ޕޯޓް ގެ ހުރިހާ މަސައްކަތެއް ބަދަލުކުރުމެވެ. އެގޮތުން އެމްޓީސީސީއާ ހަވާލުކޮށްގެން އެމްޕީއެލްއިން މިހާރުވެސް އަންނަނީ ތިލަފުށީގައި 30 މީޓަރުގެ ކީވޯލެއް އެޅުމުގެ މަސައްކަތް ކުރަމުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *