މ އަތޮޅުގައި އަލަށް ހުޅުވާ އެއާޕޯޓަށް ގައުމީ އެއާލައިން މޯލްޑިވިނުން ޓިކެޓް ވިއްކާ އަގު ހާމަކޮށްފިއެވެ.
އަންނަ ހަފްތާގައި ގައުމީ އެއާލައިން މޯލްޑިވިއަނުން މުލީ އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ފެށުމަށް ހަމަޖައްސާފައިވާ ކަން ހާމަކޮށް މޯލްޑިވިއަނުން އެކްސް ގައި ކޮށްފައިވާ ޕޯސްޓް ގައި ބުނެފައިވަނީ ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހު މާލެއިން މުއްޔަށް އަދި މުލިން މާލެއަށް ދަތުރު ޝެޑިއުލް ކޮށްފައިވާ ކަމަށާއި، މާލެއިން ފުރާގަޑިއަކީ ހޮނިހިރު ދުވަހުގެ 15:30 ކަމަށާއި މުލިން ފުރާނީ 16:45 ގައި ކަމަށެވެ.
އަދި އެ ދަތުރުގެ ދިގުމިނަކީ ކޮޅަކަށް 35 މިނެޓް ކަމަށާއި އެއްކޮޅު ޓިުކެޓްގެ އަގަކީ 1377 ރުފިޔާ ކަމަށެވެ.
މޯލްޑިވިއަނުން ބުނީ މުލީ އެއާޕޯޓަށް ކުރާ ފުރަތަމަ ދަތުރު އޮންނާނީ މި މަހު 17ވާ ހޮނިހިރު ދުވަހު ކަމަށެވެ. މުލީ އެއާޕޯޓަށް ކުރާ ދަތުރުތަކުގެ ޓިކެޓް ބުކް ކުރުމުގެ ފުރުސަތު މޯލްޑިވިއަނުން މިހާރު ވަނީ ހުޅުވާލާފަ އެވެ.

