ހުޅުމާލޭގައި ބުޅާތަކަށް ހާއްސަކޮށްގެން ހަދާފައިވާ "އޮޅު ހިޔާ" އަށް އަހަރަކު ބުޅަލަކަށް 5416 ރުފިޔާގެ މަގުން ޖުމްލަ 10.8 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ދިރޭތަކެއްޗާ ބެހޭ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރަހީމް (ކުޑޫ) ކުރެއްވި ސުވާލެއްގެ ޖަވާބުގައި ވާހަކަދައްކަވަމުން މިނިސްޓަރު މާރިއާ ވިދާޅުވީ ފެސިލިޓީ އަށް ނޮން-ރިކަރެންޓް ހަރަދުގެ ގޮތުގައި 1.2 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށާއި 2،000 ބުޅަލަށް މަހަކު 700،000ރ. ރުފިޔާ ހަރަދުވާނެކަމަށާއި، އަދި ކޮންމެ ތިން މަހަކުން 3.4 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ބުޅަލަކަށް މަހަކު 368 ރުފިޔާ ނުވަތަ އަހަރަކު 5،416 ރުފިޔާ ހަރަދުވާނެ." މިނިސްޓަރ މާރިޔާ ވިދާޅުވި އެވެ.

ހުޅުމާލޭގައި މާލޭ ސިޓީ ކައުންސިލުން ހަދާފައިވާ ބުޅާ ފެސިލިޓީއަކީ 24 ގަޑިއިރު ހިދުމަތްދޭގޮތަށް ހަދާފައިވާ ފެސިލިޓީއެކެވެ. މި ފެސިލިޓީގައި މިހާރު އޮތީ 30 ބުޅަލެވެ. އެ ފެސިލިޓީ ހެދުމުގެ މައިގަނޑު މަގުސަދަކީ މާލެ ސަރަހައްދުގެ ޕާކުތަކާއި މަގުތަކާއި އެ ނޫން ވެސް އާންމު ތަންތަނުގައި އުޅޭ ބުޅާތައް ގެންގޮސް އެ ފެސިލިޓީގައި ބެލެހެއްޓުމެވެ.

2 Responses

  1. ބުޅަކީ އަހަރެމެންގެ ދަރިންތޯ އިސްރާފުކުރަން ނޫޅޭށެވެ. ބުޅާތައް ފަޅުރަށަކަށް ބާލާ މިގައުމުގައި ވަރަށް ގިނައިން ހާލުގައި އުޅޭމީހުން އެބަތިބި އެމީހުންނަށް ތިފައިސާޚަރަދު ކުރޭ ތިޔައީބޮޑުއަނިޔާއެއް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *