އެސްޓީއޯގެ އަހަރީ އާންމު މިރޭ ބާއްވަން ތައްޔާރުވެއްޖެ އެވެ.
މާލޭގައި އަލަށް ހުޅުވި 5 ތަރީގެ ބާސެލޯ ނަސަންދުރާގައި ބާއްވާ އާންމު ޖަލްސާގައި ކުންފުނީގެ ހިއްސާދާރުންނާއި ސްޓޭކްހޯލްޑަރުން ބައިވެރިވެ ވަޑައިގަންނަވާނެއެވެ. އާންމު ޖަލްސާއަށް ހާޒިރުނުވެވޭ ފަރާތްތަކަށް މައިކްރޯސޮފްޓް ޓީމްސް މެދުވެރިކޮށް އޮންލައިންކޮށް ވެސް މި ޖަލްސާގައި ބައިވެރިވެވޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.
މި ޖަލްސާގައި ވޭތިވެދިޔަ އަހަރުގެ ކުންފުނީގެ މާލީ ނަތީޖާތަކާއި، ހިއްސާގެ ފައިދާ ބެހުމާއި، އަދި ކުރިއަށް އޮތް ވިޔަފާރީގެ ސްޓްރެޓެޖީތަކާ ބެހޭގޮތުން މަޝްވަރާ ކުރާނެ އެވެ. އެގޮތުން މިރޭގެ ޖަލްސާގެ އެޖެންޑާގައި ހިމެނޭ މުހިންމު ކަންތައްތަކުގެ ތެރޭގައި އޮޑިޓަރުން އައްޔަންކުރުމާއި، ބޯޑު މެންބަރުން އައްޔަންކުރުން ވެސް ހިމެނެ އެވެ.
މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި އެސްޓީއޯއަށް ވަނީ 2.4 ބިލިއަން ރުފިޔާ ލިބިފައެވެ.

