ދިވެހިރާއްޖޭގެ ޓްރާންޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) ގެ 2024ެ އަހަރުގެ އަހަރީ ޖަލްސާ ފަސްކޮށްފި އެވެ.

އެމްޓީސީސީން ބުނެފައިވަނީ އަހަރީ އާންމު ޖަލްސާ މާލީ އަހަރު ނިމޭތާ ފަސް މަހުގެ ތެރޭގައި ބާއްވަންޖެހޭ ކަމަށެވެ. ނަމަވެސް 2024 ވަނަ އަހަރުގެ އޮޑިޓުކޮށްފައިވާ މާލީ ހިސާބުތަކާއި އަހަރީ ރިޕޯޓް ނިންމުމުގައި ލަސްތަކެއް ދިމާވެފައިވާތީ، މި މުއްދަތުގައި ޖަލްސާ ބޭއްވެންނެތްކަން އެމްޓީސީސީން ވަނީ ހާމަކޮށްފަ އެވެ.

މީގެއިތުރުން އެމްޓީސީސީން ބުނެފައިވަނީ އެ ކުންފުނީގެ 2024 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވާނެ ތާރީޚު، ވީ އެންމެ އަވަސް ފުރުސަތެއްގައި އިއުލާންކުރާނޭ ކަމަށެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތަރައްގީގެ މަޝްރޫއުތައް ހިންގަމުންދާ އެމްޓީސީސީން ވޭތުވެދިޔަ 44 އަހަރުގެ ތެރޭގައި ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫއުތަކެއް ކާމިޔާބުކަމާއެކު ނިންމައިފަ އެވެ. އަދި މިހާރުވެސް ރާއްޖޭގެ އެކި ރަށްތަކުގައި އެމްޓީސީސީން އަންނަނީ ގިނަ މަޝްރޫއުތަކެއް ހިންގަމުންނެވެ.

1980 ވަނަ އަހަރު އެމްޓިސީސީ އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްގީ އާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *