ދައުލަތުގެ ދަރަނިތައް މެނޭޖް ކުރުމަށްޓަކައި ފިނޭންސް މިނިސްޓްރީ އަށް ލަފާދޭނެ ކޮންސަލްޓަންޓެއް ހޯދަން އިއުލާންކޮށްފިއެވެ.
ދައުލަތުގެ ސިޔާސަތުތަކާއި ދަރަނި ބެލެހެއްޓުމުގައި އެންމެ ރަނގަޅު އުސޫލުތައް އުފެއްދުމުގެ އިތުރުން ގާނޫނީ، ރެގިއުލޭޓަރީ އަދި އޮޕަރޭޝަނަލް ފްރޭމްވޯކްތަކުގެ މަސައްކަތްތައް ހަރުދަނާ ކުރުމަށާއި ދަރަނީގެ މުއާމަލާތްތައް ޞައްޙަކޮށް ހިންގުމާއި، ސެޓްލްމަންޓާއި، ރެކޯޑްކުރުމަށް އެހީތެރިވުމަށްޓަކައި އޮޕަރޭޝަނަލް ޕްރޮސެސްތައް ހަލުވިކުރުމަށްޓަކައި ދައުލަތަށް ލަފާދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފައެވެ.
އެގޮތުން ދައުލަތުގެ ޑެޓް ސްޓެރެޓަޖީ އެންޑް ރިސްކް މެނޭޖުމަންޓް ކޮންސަލްޓެންޓް ގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ބުދަ ދުވަހުގެ މެންދުރު ފަހު 1:00 އާ ހަމައަށް ފިނޭންސް މިނިސްޓްރީން ވަނީ ހުޅުވާލާފައި އެވެ.

